އުރީދޫ ސުޕާ ނެޓްގެ ހިދުމަތް ދުވާފަރަށް ތައާރަފުކޮށްފި

އުރީދޫ ސުޕާނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ރ. ދުވާފަރަށް ތައާރަފު ކުުރަނީ --

ސަތޭކަ އެމްބީޕީއެސްއާ ހަމައަށް ހަލުވި ސްޕީޑުތަކާ އެކު، އުރީދޫ ސުޕާނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ރ. ދުވާފަރަށް ތައާރަފްކޮށްފި އެވެ.

އުރީދޫ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މުޖުތަމައުއަށް އިގްތިސާދީ އަދި އިޖްތިމާއީ ކުރިއެރުން ގެނައުމުގައި ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓް މުހިންމު ދައުރެއް އަދާކުރާ ކަމަށާއި އެ ގޮތުން އެ ކުންފުނީގެ އެއް އަމާޒަކީ ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް، ހަލުވި ސްޕީޑުގައި ބްރޯޑްބޭންޑް އިންޓަނެޓްގެ ޚިދުމަތް ހެޔޮ އަގެއްގައި ފޯރުކޮށްދިނުން ކަމަށެވެ.

"މިއަދު، ދުވާފަރަށް އުރީދޫ ސުޕަރނެޓް ތައާރަފްކޮށް، ރަށުގެ ރައްޔިތުންނަށް މި ފުރުސަތު ހުޅުވާލެވިގެން ދިއުމަކީ އަޅުގަނޑުމެންނަށް ލިބިގެންދިޔަ ނުހަނު ބޮޑު އުފަލެއް." އުރީދޫގެ ޑައިރެކްޓަރު އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒާ ހަވާލާދީ އުރީދޫ އިން ބުންޏެވެ.

މުޅި ރާއްޖެއަށް ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް ތަޢާރަފްކުރުމަށް އުރީދޫ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ލަނޑުދަނޑި ހާސިލްވުމުގެ މުނާސަބަތުގައި އެކުންފުނިން ވަނީ މި އަހަރު ނިމުގެ ކުރިން ސުޕާނެޓް ޚިޔާރު ކުރައްވާ ދުވާފަރުގެ ކަސްޓަމަރުންނަށް ހާއްސަ އޮފާއެއް ތައާރަފްކޮށްފަ އެވެ. ހަމައެހެންމެ ދުވާފަރު ރައްޔިތުންނަށް ހަލުވި ސްޕީޑުގެ އިންޓަނެޓް ހޯދުމުގައި އިތުރު ފަސޭހަ ކަމެއް ގެނެސްދިނުމުގެ ގޮތުން، އުރީދޫ އިން ސުޕަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އެއްވެސް ކަނެކްޝަން ފީއެއް ނުހިމެނުމަށް ވަނީ ހަމަޖައްސާފައި ކަމަށް އުރީދޫ އިން ބުންޏެވެ.

ދެ އެމްބީޕީއެސް އިން ފެށިގެން 100 އެމްބީޕީއެސް އާ ދެމެދުގެ ސްޕީޑުތަކުގައި، ކަސްޓަމަރުންގެ އެކި އެކި ބޭނުންތަކަށް އެކަށޭނެގޮތަށް ފަރުމާކުރެވިފައިވާ ތަފާތު ސުޕަނެޓް ބްރޯޑްބޭންޑް ޕެކޭޖް އުރީދޫ އިން ފޯރުކޮށްދެ އެވެ. ހަމައެހެންމެ މި ޕެކޭޖުތައް ވަނީ ފޭސްބުކް، ޔޫޓިއުބް، ނެޓްފްލިކްސް ފަދަ ދިވެހިންގެ މެދުގައި މަޤްބޫލް އެޕްލިކޭޝަންތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކޮށްދޭގޮތަށް އޮޕްޓިމައިޒްކޮށްފަ އެވެ.

"މި ޚިދުމަތާ އެކު، ދުވާފަރުގެ ރައްޔިތުންނަށް މާކެޓުގެ އެންމެ ހެޔޮ އަގުތަކުގައި އިންޓަނެޓް ބޭނުންކުރެވޭނެ،" އުރީދޫ އިން ބުންޏެވެ. "ސުޕާނެޓްގެ ޚިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް އިތުރަށް ލުއިފަސޭހަކަމެއް ފޯރުކޮށްދިނުމުގެ ގޮތުން، އުރީދޫ އިން ވަނީ 12 މަހުގެ އިންސްޓޯލްމަންޓް ޕްލޭން އަކާއި އެކު ސުޕާނެޓްގެ ރައުޓަރު ބައްލަވައިގަތުމުގެ ފުރުސަތު ދީފަ އެވެ."

ދުވާފަރުގައި ސުޕަރނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް، އުރީދޫގެ އިންފްރާސްޓްރަކްޗާ ޕާޓްނަރަކީ ސެޓްލިންކް ޕްރައިވެޓް ލިމިޓެޑް އެވެ. ސުޕާނެޓްގެ ޚިދުމަތް ހޯއްދެވުމަށް، ނުވަތަ ސުޕާނެޓް ޕެކޭޖްތަކާ ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، http://www.ooredoo.mv/ooredoo-supernet/ އަށް ޒިޔާރަތްކުރައްވާށެވެ.

comment ކޮމެންޓް