ހަ ފްރެންޗް ފްރައިސް އަށް ވުރެ ގިނައިން ނުކާން ބުނުމުން ރުޅިގަދަވަނީ!

ފްރެންޗް ފްރައިސް އަކީ އަނގަޔަށް މީރު ގިނަ ބަޔެއްގެ "ފޭވަރިޓް" އެކެވެ. އަލުވި ތެލުލައިގެން ހަދާ މި ކާނާ އަކީ ވަކި ލިމިޓެއް ކަނޑައަޅައިގެން ކާންޖެހޭ އެއްޗެއްކަމަށް ހާވާޑް ޔުނިވާސިޓީގެ ޕްރޮފެސަރަކު ވިދާޅުވުމާ އެކު ފްރެންޗް ފްރައިސްގެ ފޭނުން ވަނީ ރުޅިގަދަވެފަ އެވެ.

ފްރެންޗް ފްރައިސް ގިނައިން ކެއުމަކީ މީގެ ކުރިން ވެސް ޑޮކްޓަރުންވެސް އަދި ނިއުޓްރިޝަނިސްޓުންވެސް ރުހިލައްވާ ކަމެއް ނޫނެވެ. އަދި އެކަމަށް ހިތްވަރު ދެއްވިކަމެއްވެސް ނޫނެވެ. ތެލުލި އަލުވި ނުވަތަ ފްރެންޗް ފްރައިސް ކައިގެން ހަށިގަނޑަށް ލިބޭނެ ގެއްލުންތަކުގެ ވާހަކައިން ގިނަ ބަޔަކު ރުޅިގަދަވެފައި ވަނީ ހާވާޑް ޔުނިވާސިޓީގެ ޕްރޮފެސަރަކު ކުރެއްިވ ދިރާސާއަކަށް ފަހު ވިދާޅުވި އެއްޗަކުންނެވެ.

މީގެ އިތުރުން "ދަ އެމެރިކަން ޖާނަލް އޮފް ކްލިނިކަލް ނިއުޓްރިޝަން" ނަމަކަށް ކިޔާ ޖާނަލްއެއްގައި ވެސް ފްރެންޗް ފްރައިސްގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުންތަކުގެ ވާހަކަ ވަނީ ހިމަނައިފަ އެވެ.

ހާވާޑް ޔުނިވަސިޓީގެ ސްކޫލް އޮފް ޕަބްލިކް ހެލްތުގެ ޕްރިފެސާ އެރިކް ރިމް ވިދާޅުވެފައި ވަނީ ދުވާލަކު ހަ ފްރެންޗް ފްރައިސް އަށް ވުރެ ގިނައިން ކާނަމަ ފަލަވުން، ހިތުގެ ބަލިތައް، ކާޑިއީވެސްކިއުލާ ބަލި، އަދި ޑައިބެޓީސް އަށް މަގުފަހިކުރާ ކަމަށެވެ.

ފްރެންސް ފްރައިސް ސާވްކުރާ ރެސްޓޯރެންޓުތަކުން ޕޯޝަން ބޮޑުކުރުމަކީ ވެސް މައްސަލައަށް އޮތް ނުރައްކަލެއްގެ ގޮތުގައި ވަނީ ފާހަގަކުރައްވައިފަ އެވެ.

މި ވަހަކައާ މެދު ހިތްހަމަ ނުޖެހި ތިބި މީހުން ބުނަނީ ފްރެންޗް ފްރައިސް ކެއުން ލިމިޓްކުރަން ބުނަނީ މޮޔައިން ކަމަށެވެ. ފްރެންޗް ފްރައިސް ގިނައިން ކެއުމުން އެއީ ހަށިގަނޑަށް ގެއްލުންހުރިކަމެއްކަން ގަބޫލުކުރާ ކަމަށާއި އެކަމަކު އެންމެ ހަ ފްރައިސް ކާން ބުނީމާ އަންނަނީ ރުޅިކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.

comment ކޮމެންޓް