ރާޖްޕަލް ޔާދަވް ތިން މަހަށް ޖަލަށް!

ރާޖްޕަލް ޔާދަވް---

ފިލްމެއް ހަދަން ވެގެން ކުންފުންޏަކުން ނެގި ފަސް ކްރޯޑް ރުޕީސް އެއްބަސްވުމާ އެއްގޮތަށް ނުދެއްކުނު މައްސަލައިގައި އެކްޓަރު ރާޖްޕަލް ޖަލަށްލާން ހުކުމްކޮށްފިއެވެ.

ދިއްލީ ހައިކޯޓުން މިދިޔަ ހުކުރު ދުވަހު އޭނާއަށް އެ ހުކުމްކުރީ 2012 ގައި ޑައިރެކްޓްކުރި އަލަތު ފިލްމު "އަތާ ޕަތާ ލާޕަތާ" ހަދަން ނެގި ލޯނެއް ނުދެއްކުމުން ކަމަށް ބުނެއެވެ. އޭނާއަށް ހުކުމްކުރީ ތިން މަހުގެ ޖަލު ހުކުމެކެވެ.

ރާޖްޕަލް ތިން މަހުގެ ހުކުމް ތަންފީޒު ކުރާނީ ދިއްލީގެ ތިހާރު ޖަލުގައި ކަމަށް ޚަބަރުތައް ބުނެއެވެ.

"އަތާ ޕަތާ ލާޕަތާ" އަކީ އޭނާ ޑައިރެކްޓްކޮށް އޭނާ އެކްޓްކޮށްފައިވާ ފިލްމެކެވެ. ރާޖްޕަލް އެންމެ ފަހުން ފެނިގެންދިޔައީ ވަރުން ދަވަންގެ "ޖުޅްވާ"އިންނެވެ.

އޭނާގެ ބައެއް ފިލްމުތަކުގެ ތެރޭގައި ބާބުލް، ޕާޓްނާ، ކްރިޝް 3 އަދި ދޯލް ހިމެނެއެވެ. ރާޖްޕަލް އެންމެ އަވަހަށް ސްކްރީނުން ފެނިގެންދާނީ ފެބުރުއަރީ 22 ގައި ރިލީޒް ކުރާ ކޮމެޑީ ފިލްމު "ޓޯޓަލް، ދަމާލް" އިންނެވެ.

މަސްދަރު: ޓައިމްސް އޮފް އިންޑިއާ

comment ކޮމެންޓް