ޕްރިޔަންކާ އާއި ނިކް ޖޯނަސް ކައިވެނިކޮށްފި

ޕްރިޔަންކާ އާއި ނިކްޖޯނަސް ----

ބޮލީވުޑްގެ ކާމިޔާބު ބަތަލާ ޕްރިޔަންކާ ޗޯޕްރާ އަދި ހޮލީވުޑް ލަވަކިޔުންތެރިޔާ އަދި އެކްޓަރު ނިކް ޖޯނަސް މިއަދު ކައިވެނިކޮށްފިއެވެ.

ދެތަރިން ކައިވެނިކޮށްފައިވަނީ އިންޑިއާގެ ޖޯދުޕޫރްގައި ހުންނަ އުމައިދު ބަވަން ގަނޑުވަރުގައެވެ. ދެތަރިން ކައިވެނިކުރުމަށްފަހު ވަނީ ހަވާ އަރުވާފައެވެ.

ކައިވެނި ހަފްލާގައި ބޮލީވުޑްގެ ގިނަ ތަރިންނެއް ވަނީ ބައިވެރިވެފައެވެ. އަދި ހޮލީވުޑްގެ ބައެއް ތަރިން ވެސް ވަނީ ބައިވެރިވެފައެވެ.

މި ދެތަރިން ކައިވެނިކުރުމާއެކު ބޮލީވުޑް އަދި ހޮލީވުޑްގެ ގިނަ ތަރިންތަކެއް އަންނަނީ ޕްރިަޔަންކާ އާއި ނިކް ޖޯނަސްއަށް މަރުހަބާ ކިޔަމުންނެވެ.

ޕްރިޔަންކާ އާއި ނިކް ލޯބީގެ ގޮތުން ގުޅުނީ މިއަހަރުގައެވެ.

ދެތަރިން ރަސްމީކޮށް އެންގޭޖްކުރިކަމަށް އިއުލާންކޮށްފައި ވަނީ އޯގަސްޓް މަހުގެ 18 ވަނަ ދުވަހު އެވެ.

comment ކޮމެންޓް