"ބާހްބަލީ" ވެބް ސީރީޒްގެ ޝޫޓިން އަންނަ މަހު ފަށަނީ!

"ބާހްބަލީ 2" ގެ ޕޯސްޓަރެއް...

ކާމިޔާބު ފިލްމު "ބާހްބަލީ" ވެބް ސީރީޒެއްގެ ގޮތުގައި ގެނެސްދޭން ނިންމި ވާހަކަ މީގެ ދުވަސްކޮޅެއް ކުރިން ވަނީ އާންމުވެފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެ ސީރީޒްގެ ޝޫޓިން އަންނަ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. ސީރީޒް ސްޓްރީމް ކުރާނީ ނެޓް ފްލިކްސް އިންނެވެ.

"ބާހްބަލީ: ބިފޯ ދަ ބިގިނިން" އިން މައިގަނޑު ތަރިންގެ ގޮތުގައި ފެންނާނީ އަރަމުން އަންނަ ބަތަލާ މުރްނާލް ތާކޫރް އާއި ރާހުލް ބޯސްއެވެ.

އެ ވެބް ސީރީޒް ބިނާ ކުރަނީ މީގެ ކުރިން ގެނެސްދީފައިވާ "ބާހްބަލީ"ގެ ދެ ފިލްމުގައި ކިޔައި ދީފައިވާ ހާދިސާތަކުގެ ކުރިން ހިނގާފައިވާ ކަންތައްތަކެއްގެ މައްޗަށެވެ.

ޕްރަވީން ސައްތަރޫ އާއި ދޭވަ ކައްޓާ ޑައިރެކްޓްކުރަން ނިންމާފައިވާ އެ ސީރީޒް ބެލުންތެރިންނާ ހަމަޔަށް އަންނާނެ ކަމަށް ބެލެވެނީ އަަންނަ އަހަރުގެ ތެރޭގައެވެ. ހަބަރުތައް ލިބޭ ގޮތުގައި އެ ސީރީޒްގެ ފުރަތަމަ ސީޒަންގައި ނުވަ އެޕިސޯޑު ހިމެނޭނެއެވެ.

"ބާހްބަލީ: ބިފޯ ދަ ބިގިނިން" އިން ފެނިގެންދާނެ އިތުރު ތަރިންގެ ތެރޭގައި ސިދާތު އަރޯރާ، ޖަމީލް ހާން، ވަގޫރު ޝެއިހް އަދި އަނޫޕް ސޯނީ ފަދަ އެކްޓަރުން ހިމެނެއެވެ.

comment ކޮމެންޓް