އާ ބްރޭންޑެއްގެ ޓީވީއަކާ އެކު ރެޑްވޭވްގެ ބޮޑު ޕްރޮމޯޝަން ކުރިއަށް ދަނީ

ރެޑްވޭވް އަހަރީ ބާޒާރުގެ ނަމުގައި ޙާއްސަ ޕްރޮމޯޝަނެއް ވަނީ ފަށާފައި: އެ ޕްރޮމޯޝަންގައި ކޮންކާ ބްރޭންޑުގެ ޓިވީ ވަނީ ރާއްޖެއަށް ތައާރަފް ކޮށްފައި-- ފޮޓޯ: ރެޑްވޭވް

ރެޑްވޭވް އަހަރީ ބާޒާރުގެ ނަމުގައި ޙާއްސަ ޕްރޮމޯޝަނެއް ފަށައިގެން ކުރިޔަށްއެބަދެއެވެ.

އަހަރުގެ ފަހުކޮޅަށް އަމާޒުކުރެވިގެން، މި މަހުގެ 15 އިން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ 15ގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގެ ދަށުން މާލެ އަދި ހުޅުމާލޭގައި ހުންނަ ރެޑްވޭވްގެ ހުރިހާ ފިހާރައަކުން 70 އިންސައްތައާ ހަމައަށް، ޑިސްކައުންޓް ކަނޑައެޅިފައިވާ އައިޓަމް ތަކުން ޑިސްކައުންޓް ލިބިގެންދާނެއެވެ.

ކަސްޓަމަރުންނަށް ޑިސްކައުންޓު ލިބިގެންދާ އައިޓަމްސްތަކުގެ ތެރޭގައި ފަރުނީޗަރާއި، އިލެކްޓްރޯނިކްސް އަދި ބަދިގެ ސަމާނުން ހިމެނެއެވެ.

މިޕްރޮމޯޝަންގައި ޗައިނާގެ ނަން މަޝްހޫރް ކޮންކާ ގްރޫޕް ކޮމްޕެނީ ލިމިޓެޑްގެ "ކޮންކާ" ބްރޭންޑު ޓީވީ ރެޑްވޭވްއިން ވަނީ ތައާރަފްކޮށްފައެވެ. ކޮންކާ އަކީ މަލްޓިމީޑިއާ އިލެކްޓްރޯނިކްސް އުފެއްދުމުގައި 38 އަހަރުގެ ތަޖުރިބާކާރު ކުންފުންޏެކެވެ.

ރެޑްވޭވުން ބުނީ ކޮންކާ ބްރޭންޑަކީ 4ކޭ ކޮލިޓީގެ މަންޒަރު ފެނިގެންދާ، ރާއްޖޭގެ ބާޒާރުގައި މިވަގުތު ލިބެން ހުރި އެންމެ އަގުހެޔޮ ޓީވީކަމުގައެވެ. އަދި އެންޑްރޮއިޑް އޯއެސް އާއި އެކު އަލްޓްރާ ސްލިމް ޑިސްޕްލޭ އަދި ގިނަ ފީޗާތަކެއް ހިމެނޭ ކޮންކާ ބްރޭންޑު ޓީވީގެ ފަސް ސައިޒުގެ ޓީވީ ރެޑްވޭވް އަހަރީ ބާޒާރުގެ ތެރެއިން ކަސްޓަމަރުންނަށް ހެޔޮއަގެއްގައި ލިބިގެންދާނެ ކަމަށް ވެސް ރެޑްވޭވުން ވަނީ ބުނެފައެވެ.

ޕްރޮމޯޝަނުގެ ތެރެއިން ރެޑްވޭވްއިން ކުރާ ކޮންމެ 1500ރ ގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިވަޑައިގަންނަވާނެއެވެ. ކޫޕަނުން ހޮވޭ ނަސީބުވެރި ފަރާތްތަކަށް ހަފްތާގެ އިނާމްގެގޮތުގައި އަގުހުރި އިނާމްތަކެއް ލިބިގެންދާނޭކަމުގައި ރެޑްވޭވް އިން ވަނީ ބުނެފައެވެ.

ރެޑްވޭވް އަހަރީ ބާޒާރުގެ ނަމުގައި ޙާއްސަ ޕްރޮމޯޝަނެއް ވަނީ ފަށާފައި: އެ ޕްރޮމޯޝަނުގައި ފަރުނީޗަރުން ވެސް ހާއްސަ ޑިސްކައުންޓެއް ލިބިގެންދާނެ-- ފޮޓޯ: ރެޑްވޭވް

އަދި ޕްރޮމޯޝަންގެ ބޮޑު އިނާމުގެ ގޮތުގައި ތިންފަރާތަކަށް އިނާމް ލިބިގެންދާނީ ނަގުދު ފައިސާއިންނެވެ. އެގޮތުން 1 ވަނައަށް ހޮވޭ ފަރާތަކަށް 50،000ރ، 2 ވަނަ އަށް ހޮވޭފަރާތަކަށް 30،000ރ އަދި ތިންވަނައަށް 20،000ރ ގެ ފައިސާގެ އިނާމް ދިނުމަށްވަނީ ހަމަ ޖެހިފައެވެ. އަދި މީގެ އިތުރުންވެސް ސޯޝަލް މީޑިއާގައި ބޮޑެތި އިނާމްތަކެއް ލިބިގެންދާ ޙާއްސަ ޕްރޮމޯޝަންތަކެއް ކުރިއަށް ދާނެއެވެ.

ރެޑްވޭވުން ބުނީ އެ ޕްރޮމޯޝަންގައި މޯލްޑިވްސް އިސްލާމިކް ބޭންކާއި އެމް އެފް އެލްސީ މެދުވެރިކޮށް ވިޔަފާރިކުރާ ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ.

އަދި އެ ޕްރޮމޯޝަނަށް ހީނުކުރާފަދަ ތަރުހީބެއް ލިބެމުންދާ ކަމަށާއި އެ ޕްރޮމޯޝަނަކީ ގޭތެރެއާއި ބަދިގެއަށް ބޭނުންވާ ގިނަ ސާމާނުތަކެއް އެއްތަނަކުން އެންމެ ހެޔޮއަގެއްގައި ހޯދުމަށް ލިބިގެންދާނެ ރަނުގެ ފުރުސަތެއް ކަމަށް ރެޑްވޭވުން ބުނެއެވެ.

comment ކޮމެންޓް