ޔޫސީއެލް: ޔޫރަޕުގެ ގަދަ ބާރުތައް ދެވަނަ ބުރަށް ދަތުރު ކޮށްފި

ރޭ ޔުވެންޓަސް އާއި ވެލެންސިއާ ބައްދަލު ކުރި މެޗުގެ ތެރެއިން---

ރޭ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ކުޅުނު މެޗުތަކަށް ފަހު ޔޫރަޕުގެ ގަދަ ބާރުތައް ދެވަނަ ބުރަށް ދަަތުރު ކޮށްފިއެވެ.

ރޭ ކުޅުނު މެޗުތަކަށް ފަހު ދެވަނަ ބުރަށް ދަތުރު ކުރި ބޮޑެތި ކްލަބުތަކުގެ ތެރޭގައި، ޔުވެންޓަސް، މެންޗެސްޓާ ޔުނައިޓެޑު، މެންޗެސްޓާ ސިޓީ، ރެއާލް މެޑްރިޑް އަދި ބަޔާން މިއުނިކް ހިމެނެއެވެ.

ރޭ މެންޗެސްޓާ ޔުނައިޓެޑު އަމިއްލަ ދަނޑުގައި ނުކުތީ ޔަންގް ބޯއިސްއާ ދެކޮޅަށެވެ. އ މެޗު އެ ޓީމުން ކާމިޔާބު ކުރީ 1-0ގެ ނަތީޖާިންނެވެ. މެޗުގެ 90 މިނެޓު ނިމި ލިބުނު އިތުރު ވަގުތުގެ ތެރޭގައި، ޔުނައިޓެޑު މޮޅުކޮށްދިން ގޯލު ކާމިޔާބު ކުރީ މަރުއާން ފެލެއިނީއެވެ.

ރޭ ބަޔާން ވަނީ އެ ޓީމުގެ ދަނޑުގައި، 5-1ގެ ނަތީޖާއިން ބެންފީކާ ބަލިކޮށްފައެވެ. އެ ޓީމަށް ގޯލު ޖަހައިދިނީ ރޮބާޓް ލެވަންޑައުސްކީ، ފްރޭންކް ރިބަރީ، އަދި އާރިޔަން ރޮބެންއެވެ.

ރޭ އިނގިރޭސި ޗެމްޕިއަން ސިޓި ވަނީ ފްރާންސްގެ ލިޔޯން އަތުން 2-2ގެ ނަތީޖާއިން އެއްވަރުވެފައެވެ. މެޗުގައި ފުރަތަމަ ލީޑު ނެގީ ލިޔޯން އިންނެވެ. އެފަހުން ސިޓީ އެއްވަރު ކޮށްފައި މެޗު ނިމެން ދަނިކޮށް ލިޔޯން އިން އަނެއްކާ ވެސް ލީޑު ނެގިއެވެ. ސިޓީ ސަލާމަތް ކޮށްދިން ގޯލު އޭގެ ދެ މިނެޓު ފަހުން ކާމިޔާބު ކޮށްދިނީ ސާޖިއޯ އަގުއޭރޯއެވެ.

ރޭ ރެއާލް މެޑްރިޑުން ވަނީ ރޯމާގެ ދަނޑުގައި 2-0ގެ ނަތީޖާއިން އެ ޓީމު ބަލިކޮށްފައެވެ. ރެއާލްގެ ގޯލުތައް ޖަހައިދިނީ ބޭލް އަދި ލޫކަސް ވަޒްކޭސްއެވެ.

މިފަހަރުގެ މުބާރާތް ކާމިޔާބު ކުރާނެ ކަމަށް ގިނަ ބަޔަކު ދެކޭ ޔުވެންޓަސް ރޭ ނުކުތީ ވެލެންސިއާއާ ދެކޮޅަށެވެ. ވެލެންސިއާ އަތުން ރެއާލް މޮޅުވީ 1-0 ގެ ނަތީޖާއިންނެވެ. އެ ޓީމުގެ ހަމަ އެކަނި ގޯލު ކާމިޔާބުކޮށްދިނީ މާރިއޯ މަންޒޫކިޗް އެވެ.

ރޭ ޓަލީގެ ރޯމާ އާއި ނެދަލޭންޑްސްގެ އަޔެކްސް ވެސް ވަނީ ދެވަނަ ބުރަށް ދަތުރު ކޮށްފައެވެ. ސްޕެއިންގެ ގަދަ ބާރު ބާސެލޯނާ އޮތީ ކުރިން ވެސް ދެވަނަ ބުރަށް ކޮލިފައި ވެފައެވެ.

އެންމެ ފަހުގެ މުބާރާތުގެ ރަނަރަޕް ލިވަޕޫލް އަދި ޕީއެސްޖީ ދެވަނަ ބުރަށް ކޮލިފައި ވެފައި ނުވެއެވެ. އެ ދެ ޓީމު މިރޭ ބައްދަލު ކުރާނެއެވެ.

comment ކޮމެންޓް