ގިނަ އަދަދެއްގެ ފައިސާއާ މަސްތުވާތަކެތި ކަމަށް ބެލެވޭ ޕެކެޓްތަކަކާއެކު ފިޔޯރީން މީހަކު ހައްޔަރު ކޮށްފި

ގިނަ އަދަދެއްގެ ފައިސާ އާއި މަސްތުވާތަކެތި ކަމަށް ބެލެވޭ ޕެކެޓްތަކަކާއެކު ގދ. ފިޔޯރީން މީހަކު މިއަދު ހައްޔަރު ކޮށްފިއެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލަކު ވިދާޅުވީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފިޔޯރީގައި މިއަދު ހިންގި އޮޕަރޭޝަނެއްގައި 28 އަހަރުގެ އެ މީހާ ހައްޔަރު ކުރީ މިއަދު މެންދުރު ފަހު ކަމަށެވެ. މައްސަލަ ތަހުގީގު ކުރަމުން އަންނާތީ މައްސަލައިގެ ތަފުސީލެއް ނުދެއްވަ އެވެ. ހަމައެކަނި ވިދާޅުވީ އެމީހާގެ އަތުން ފެނުނީ މަސްތުވާތަކެތި ކަމަށް ބެލެވޭ 21 ޕެކެޓަކާއި ހަތް ސެލޯފިން ކޮޅު ކަމަށެވެ.

"މިއަދު ގާތްގަޑަކަށް 2:30 ކައްހާއިރު މަސްތުވާ ތަކެއްޗާއި ފައިސާ ތަކާކާ އެކު މީހަކު ހައްޔަރު ކޮށްފައި ވަނީ" ޕޮލިސް މީޑީއާ އޮފިޝަލް ވިދާޅުވިއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު