މަރުކަޒީ ބޭންކް އެމްއެމްއޭގެ އިންޓަރންޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ މުއްދަތު މިއަދު ހަމަވާނެއެވެ.
އެމްއެމްއޭއިން ބުނީ މި އިންޓާންޝިޕްގައި ބައިވެރިވެވޭނީ ގްރޭޑް ގްރޭޑް އެގާރަ ނިންމާފައިވާ ދަރިވަރުންނަށް ކަމަށެވެ. މި ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުން އެމްއެމްއޭގައި މަސައްކަތްކުރާނީ ޑިސެމްބަރ ދޭކުން ޖެނުއަރީ ތިނަކަށެވެ.
އިންޓަންޝިޕް ޕްރޮގްރާމްގައި ބައިވެރިވާ ކުދިންނަށް އެލަވަންސެއްވެސް ދޭނެކަމަށް އެމްއެމްއޭއިން ބުންޏެވެ.
މި ފުރުސަތަކީ މުސްތަގުބަލުގައި އެމްއެމްއޭގައި ނުވަތަ މާލީ ދާއިރާގައި މަސައްކަތްކުރުމަށް ޝައުގުވެރިވާ ކުދިންނަށް އޮތް ރަނގަޅު ފުރުސަތެއް ކަމަށް މަރުކަޒީ ބޭންކުން ބުންޏެވެ.
އިންޓަރންޝިޕްގައި ބައިވެރިވުމަށް ޝައުގުވެރިވާ ކުދިން އެންމެ ފަހު ސެމިސްޓަރގެ ނަތީޖާ އާއި ސީވީ އަދި އައިޑީ ކާޑުގެ ކޮޕީ މިއަދު އޮފީސް ބަންދުކުރުމުގެ ކުރިން އެމްއެމްއޭއަށް ހުށަހެޅުމަށް ނުވަތަ އީމެއިލް ކުރުމަށް އެ އޮތޯރިޓީން އެދެއެވެ.
މި ޕްރޮގްރާމްގައި ބައިވެރިވާ ކުދިން ހޮވާނީ ތައުލީމީ ނަތީޖާއަށާއި ލީޑަރޝިޕް އަދި އިތުރުހަރަކާތްތަކުގައި ބައިވެރިވެފައިވާ މިންވަރަށް ބެލުމަށްފަހުއެވެ.