ނާސާ އިންސައިޓް މިޝަން މާސްގައި ލޭންޑްކޮށްފި

ޖައްވުގައި ހަތްމަސް ވަންދެން އުދުހުމަށްފަހު ނާސާގެ ރޮބޮޓިކް އެސްޓްރަނައުޓް، ނާސާ އިންސައިޓު މިޝަން މާސްގައި ލޭންޑުކޮށްފިއެވެ.

މާސްގައި ލޭންޑުކުރުމަށްފަހު އިންސައިޓް މިޝަން އިން ވަނީ އެކަން އަންގައި ނާސާ އަށް ސިގްނަލެއް ފޮނުވައި މާޝަން ސާފޭސްގެ ފޮޓޯއެއްވެސް ފޮނުވައިފައެވެ. ނާސާ އިންސައިޓު މިޝަން މާސްގައި ލޭންޑު ކުރި މަންޒަރު އިންޓަނެޓުގައި ވަނީ ލައިވް ސްޓްރީމުވެސް ކޮށްފައެވެ.

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގައި ތިބި އެސްޓްރަނޯޓުން ވަނީ މި މިޝަންގެ ޓީމަށް މަރުހަބާ ކިޔައި މަންޒަރުތައް ބަލަމުންދިޔައިރު ގައިން ހީބިނެގި ކަމަށް ބުނެފައެވެ.

ނާސާގެ އެޑްމިނިސްޓްރޭޓަރު ޖިމް ބްރިންޑެސްޓައިން ވިދާޅުވީ މިއަދަކީ އިންސާނުން ކާމިޔާބުކަމާއެކު މާސްގައި ލޭންޑުކުރި އަށްވަނަ ދުވަސް ކަމަށެވެ. އިންސައިޓުން މާސްގެ އިންޓީރިއާ ތަހުލީލު ކުރާނެ ކަމަށާއި މިއީ ހަނދަށްފަހު އެސްޓްރަނައުޓުން މާސް އަށް ފޮނުވުމުގެ ތައްޔާރީތަކުގެ ބައެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މާސްއަށް ދިއުމަށް އިންސައިޓު ވަނީ ގަޑިއަކު 6,200 މޭލު ބާރުމިނުގައި ޖުމްލަ 301,223,981 މޭލަށް ދަތުރުކޮށްފައެވެ.

comment ކޮމެންޓް