އާ ކޮންޓްރެކްޓެއްގައި ސޮއިކުރުވަން މޮޑްރިޗާއިއެކު ޓޮޓެންހަމް ވާހަކަ ދައްކަމުންދޭ: ރިޕޯޓް

ޓޮޓެންހަމް ހޮޓްސްޕާ އާއެކު ކްރޮއޭޝިޔާ މިޑްފީލްޑަރު ލޫކާ މޮޑްރިޗް ހަދާފައިވާ ކޮންޓްރެކްޓް އާކުރުމުގެ ވާހަކަތަކުގައި އެކުލަބާއެކު ބައިވެރިވެފައިވާ ކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ. މިރިޕޯޓްތަކުން ބުނާގޮތުގައި މޮޑްރިޗްގެ މުސާރަ ދެގުނަ އިތުރު ކުރުމުގެ ވާހަކަތައް ދެކެވިގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.

މިސީޒަނުން ޗެލްސީ އިން ހޯދުމަށް އެތައް މަސައްކަތެއް ކުރި ޓޮޓެންހަމްގެ ޕްލޭމޭކާ މޮޑްރިޗް ޓީމުގައި ބެހެއްޓުމަށް އެތައް މަސައްކަތެއް އެކުލަބުން ކޮށްފައިވެއެވެ. އޭގެ ތެރެއިން އެންމެ އިސް ދައުރެއް އަދާކުރި ކަމަށް ބެލެވެނީ ޓޮޓެންހަމްގެ ކޯޗް ހެރީ ރެޑްނެޕް އާއި ޗެއާމަން ޑެނިއަލް ލެވީ އެވެ.

ޓޮޓެންހަމް އާއެކު ދެކެވޭ ވާހަކަތަކުގައި މޮޑްރިޗަށް ޗެލްސީ އިން ހުށަހެޅި އަގު ދޭނެ ކަމަށް މި ރިޕޯޓުތަކުގައި ވެއެވެ. މޮޑްރިޗްގެ މުސާރަ އިތުރު ކުރުމަށް މަސައްކަތްކޮށް ޓީމުގައި ބެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް ޓޮޓެންހަމްގެ ކޯޗު ރެޑްނެޕް ވެސް ބުނެފައި ވެއެވެ.
"މޮޑްރިޗް މިހާރު ހަމައަކަށް އެޅިއްޖެ. އަހަރެންނަށް ވަރަށް ބޮޑަށް ހީވޭ ޗެއާމަން ޑެނިއަލް ލެވީ އޭނާއާ އެކު ވާހަކަ ދައްކާނެހެން. ހައެއް ނުވަތަ ހަތް ހަފްތާތެރޭ މޮޑްރިޗާއެކު ވާހަކަ ދައްކާނެކަމަށް ޗެއާމަން ބުނި." މިދިޔަ ހަފްތާ ކޯޗު ރެޑްނެޕް ބުނެފައިވެއެވެ.

އެކި ފަހަރުތަކުގެ މަތިން ވަކި އަގެއްގައި މޮޑްރިޗް ދޫކޮށްލާނެ ކަމަށް ޓޮޓެންހަމް ބުނެ، އެންމެ ފަހު ވަގުތު އޭނާ އަކީ ކޮންމެ އަގެއްގައި ދޫނުކުރާނެ ކުޅުންތެރިއެއް ކަމަށް ބުނެފައި ވެއެވެ. އޭނާ އަމިއްލަ އަށް ޓޮޓެންހަމް ދޫކޮށް ދާން ބޭނުންކަމަށް ބުނި ނަމަވެސް ކުލަބުން އޭނާ ދޫކޮށްލާފައެއް ނުވެއެވެ. ޓޮޓެންހަމް އިން މޮޑްރިޗަށް ހުށަހަޅާ އާ ކޮންޓްރެކްޓު ގައި ސޮއިކުރާނެކަމުގެ ޔާގިންކަން އޮތްކަން މިދިޔަ ހަފުތާގައި ރެޑްނެޕް ދެއްކި ވާހަކަތަކުން އެނގެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު