"ސިމްބާ"ގެ ޝޫޓިން ވެސް ނިިމިއްޖެ

"ސިމްބާ" ޕޯސްޓަރެއްގައި ރަންވީރް، ސާރާ، ކަރަން އަދި ރޯހިތް...

މަޝްހޫރު ފިލްމު ޑައިރެކްޓަރު ރޯހިތު ޝެޓީ ޑައިރެކްޓްކުރާ ފިލްމު "ސިމްބާ"ގެ ޝޫޓިން ނިންމާލައިފި އެވެ.

މި އަހަރުގެ ރޯދަ މަހު ފެށި "ސިމްބާ"ގެ ޝޫޓިން ނިންމައި އެ ފިލްމުގެ ޓީމުން ވަނީ ސޯޝަލް މީޑިއާގައި ވީޑިއޯއެއް ވެސް އާންމުކޮށްފަ އެވެ.

ކަރަން ޖޯހަރު ޕްރޮޑިއުސްކުރާ އެ ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ ރަންވީރު ސިންގް އާއި ސާރާ އަލީ ހާނެވެ.

"ސިމްބާ"ގައި ރަންވީރު ކުޅެފައިވަނީ ފުލުހެއްގެ ރޯލެވެ. އެ ފިލްމުގައި ވަރަށް މަޖާ ކަންތައްތައް ވެގެންދާނެ ކަމަށް ޑައިރެކްޓަރު ބުނެ އެވެ. "ސިމްބާ"އަކީ ސާރާ ސްކްރީނުން ފެންނާނެ ދެވަނަ ފިލްމަށެވެ.

"ސިމްބާ"ގެ ޓްރެއިލާ އަންނަ މަހުގެ ތިން ވަނަ ދުވަހު އާންމުކުރުމަށް ހަމަޖެހިފައިވާ އިރު ފިލްމު ރިލީޒްކުރަން ނިންމާފައި ވަނީ އަންނަ މަހުގެ 28 ވަނަ ދުވަހު އެވެ.

comment ކޮމެންޓް