ޔޫރަޕް ބްރޭންޑެއްގެ ބޭކަރީ އުފެއްދުންތަކާއެކު ލޯޔަލްޓީ ކާޑެއް "ޔުނައިޓެޑް"އިން ތައާރަފްކޮށްފި

ޔުނައިޓެޑުން މިރޭ ތައާރަފް ކުރި "ސީސްޓޭންޑް" ބްރޭންޑް ގެ އުފެއްދުންތައް -- ސަން ފޮޓޯ އަހްމަދު އަވްޝަން އިލްޔާސް

ރާއްޖެއަށް މުޅިން އަލަށް، ސްވިޒަލޭންޑްގެ މަޝްހޫރު "ހީސްޓޭންޑް" ބްރޭންޑްގެ ބޭކަރީ އުފެއްދުންތަކާ އެކު "އުނިޓެޑް" ފިހާރަތަކުގެ ކަސްޓަމާ ލޯޔަލްޓީ ކާޑެއް އެކުންފުނިން މިރޭ ތައާރަފް ކޮށްފިއެވެ.

ފަންސާސް އަހަރުގެ ތަޖްރިބާއާއެކު ދުނިޔޭގެ މަގުބޫލުކަން ހޯދައިފައިވާ "ހީސްޓޭންޑް" ބްރޭންޑްގެ ބޭކަރީ އުފެއްދުންތައް މިރެއިން ފެށިގެން ޔުނައިޓެޑް ޝޮޕްގެ ދެވަނަ ފަނގިފިލާގައި ހުންނަ ބޭކަރީން ލިބެން ހުންނެއެވެ.

އަދި މިރޭ ތައާރަފް ކުރި ލޯޔަލްޓީ ކަސްޓަމާ ކާޑަކީީ އެ ފިހާރާއިގެ ލޮޔަލްޓީ ކަސްޓަމަރުންނަށް އަމާޒުކޮށް، ފަސް ޕަސަންޓް ޑިސްކައުންޓް ލިބޭ ގޮތަށް ތައާރަފް ކުރި ކާޑެކެވެ.

ޔުނައިޓް ފުޑް އެންޑް ސަޕްލަޔާސްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު ހަސަން ސައީދު ވިދާޅުވީ، ލޯޔަލްޓީ ކާޑު ތައާރަފްކުރުމުގެ މަގްސަދަކީ އެފިހާރައިގެ ރެގިއުލާ ކަސްޓަމަރުންނަށް އަގު ހެޔޮކޮށް ތަކެތި ގަނެވޭނެ ގޮތް މަގުފަހި ކުރުން ކަމަށެވެ.

"އަޅުގަނޑުމެންގެ ވަރަށް މުހިންމު އެއް މަގުސަދު، ލޯޔަލް ކަސްޓަމަރުންނަށް ޕްރައިސް އެޑްވާންޓޭޖެއް ދިނުން. އަދި އާ ކަސްޓަމަރުންނަށް ފިހާރައިގެ ކަސްޓަމަރުންނަށް ވުމަށް ހިތްވަރު ދިނުމަކީ ވެސް މިފަދަ ކާޑެއް ތައާރަފުކުރުމުގެ ބޭނުން،" އޭނާ ވިދާޅުވިއެވެ.

ޔުނައިޓް ފުޑް އެންޑް ސަޕްލަޔާސްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު ހަސަން ސައީދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ އަހްމަދު އަވްޝަން އިލްޔާސް

ލޯޔަލްޓީ ކާޑަށް އެންރޯލް ވެވޭނީ 500 ރުފިޔާ އިން މަތީ ވިޔަފާރި ކުރުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

މި ކާޑް ލިބުމަށް ފަހު، 5،000ރ. ވިޔަފާރި ކުރުމަށްފަހު ކުރާ ކޮންމެ ވިޔަފާރިއަކުން ފަސް ޕަސެންޓް ޑިސްކައުންޓް ލިބޭނެއެވެ. މި ކާޑް ގެ މުއްދަތަކީ އެއް އަހަރު ދުވަހެވެ.

"އެންރޯލްވުމަށްފަހު 50ރ. އަގުހުރި ގިފްޓް ޕެކެއް ލިބޭނެ. އެއަށްފަހު އަޅުގަނޑުމެން އެކަސްޓަމަރެއްގެ ރެކޯޑްތައް ފުރިހަމައަށް ބަލަހަށްޓާނެ. ފްރައިސް ބެނިފިޓް ލިބެން ފަށާނީ ޖުމްލަ 5،000ރ. ގެ ވިޔަފާރި ކުރުމުން،" ސައީދު ވިދާޅުވިއެވެ.

ޔުނައިޓެޑުން މިރޭ ތައާރަފް ކުރި އެ ފިހާރައިގެ ލޮޔަލްޓީ ކާޑް ފޯމް ކަސްޓަމަރަކު ފުރުއްވަނީ -- ސަން ފޮޓޯ އަހްމަދު އަވްޝަން އިލްޔާސް

މިރޭ އެފިހާރައިން ތައާރަފް ކުރި "ހީސްޓޭންޑް" ބްރޭންޑަކީ ޓްރާންސް ފެޓް ފްރީ ބްރޭންޑްގެ އުފެއްދުންތައް ހިމެނޭ ބްރޭންޑެކެވެ. މި ބްރޭންޑްގެ އުފެއްދުންތައް ގަނޑުކޮށްނާއި އަދި ވަކިވަކީން އެ ފިހާރައިން ވިއްކާނެއެވެ.

comment ކޮމެންޓް