ނިއުޒިލޭންޑުގެ ދެރަށެއް ކައިރިވަނީ

ނިއުޒިލެންޑުގެ އުތުރާއި ދެކުނުގައި އޮތް ދެ ރަށެއް ކައިރިވަމުންދާ ކަމަށް އެގައުމުގެ ޖިއޮލޮޖީ ބޮޑީ އިން ބުނެފި އެވެ.

އެ އިދާރާ އިން ބުނީ 2016 ވަނަ އަހަރު ނިއުޒިލެންޑު ސަރަހައްދަށް އައި ބިންހެލުމެއްގެ ސަބަބުން އެސަރަހައްދުގެ ސީ ފްލޯ އަށް ބަދަލު އަންނަމުންދާ ކަމަށެވެ.

ނިއުޒިލޭންޑުގެ ސައުތު އައިލެންޑުގެ އިރުއުތުރު ސަރަހައްދުގައި އޮންނަ ކޭޕް ކޭމްޕްބެލް އާއި ނޯތު އައިލެންޑުގެ އިތުމަތީ ފަރާތުގައި އޮންނަ ވެލިންގްޓަން 14 އިންޗި ކައިރިވެފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

ދެހާސް ސޯޅަ ވަނަ އަހަރު އައި ބިންހެލުމަކީ އެ ސަރަހައްދަށް އައި އެންމެ "ކޮމްޕްލެކްސް" ބިންހެލުން ކަމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފަ އެވެ. އެ ބިންހެލުމުގައި ދެ މީހުން މަރުވި އެވެ.

ސީއެންއެން

comment ކޮމެންޓް