ގިނަ ކުންފުނިތަކެއްގެ ބޯޑުގައި ހިމެނޭ މެމްބަރުން ވަކިކޮށްފި

ސަރުކާރުގެ ކުންފުނިތަކުގެ ބޯޑުތަކުން މިއަދު ވަކިކުރި ބައެއް ވެރީން ---

ސަރުކާރު ގިނަ ކުންފުނިތަކެއްގެ ބޯޑުގައި ހިމެނޭ މެންބަރުންތަކެއް ބޯޑުން ވަކިކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން ބޯދުގެ ރައީސް މުހައްމަދު ނިޒާރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މެންބަރުންތައް ކުންފުނިތަކުގެ ބޮޑުން ވަކިކުރީ މިއަދު ކަމަށެވެ.

ކުންފުނިތަކުގެ ބޯޑުން ވަކިކުރި މެންބަރުން:

 • ސްޓެލްކޯގެ ޗެއާމަން އަހްމަދު އައިމަން
 • ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޒުހޫރު
 • ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުގެ ޗެއާމަން މުހައްމަދު ރަޝީދު
 • ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ސައިމަން
 • އެޗްޑީސީގެ ޗެއާމަން މުހައްމަދު ޝާހިދު
 • އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ނާސިފް
 • އެޗްޑީސީގެ ބޯޑު މެމްބަރު (ޑެޕިއުޓީ އެމްޑީ) އަހްމަދު ބުންޔާމީން
 • އައިލެންޑް އޭވިއޭޝަން ސާވިސެސްގެ ޗެއާމަން އަހްމަދު ޝަފީއު
 • އައިލެންޑް އޭވިއޭޝަން ސާވިސެސްގެ މެނޭޖިންގް ޑިރެކްޓަރު އަބްދުލްހާރިސް
 • ފެނަކަ ކޯޕަރޭޝަނުގެ ޗެއާމަން އިގްބާލް އާދަމް
 • މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ މެނޭޖިންގް ޑިރެކްޓަރު އިދުރީސް އިސްމާއިލް
 • އެމްޓީސީސީގެ ޗެއާމަން އަހްމަދު ނިޔާޒް
 • އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު
 • އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ލިމިޓެޑުގެ ޗެއާމަން އަހްމަދު ލަތީފް
 • ދިރާގުގެ ޗެއާމަން މުހައްމަދު އަޝްމަލީ
 • ޕީއެސްއެމްގެ ޗެއާޕާސަން މަރިޔަމް އަޒްރާ
 • ޕީއެސްއެމްގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ޚަލީލް
 • ޕީއެސްއެމްގެ ޑެޕިއުޓީ އެމްޑީ މުހައްމަދު އިކްރާމް އަބްދުއްލަތީފް
 • މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުގެ ޗެއާމަން އިހުސާން އަބްދުލްގަނީ
 • މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުގެ މެނޭޖިންގް ޑިރެކްޓަރު އަބްދުލްރައްޒާގު އިބްރާހިމް

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކުން ގިނަ ވެރީންތަކެއް ވަކިކޮށްފައިވާ އިރު ސަރުކާރު ބަދަލުވުމުގެ މަރުހަލާގެ ތެރެއިން ބައެއް ކުންފުނިތަކުގެ ވެރިންނާއި ބޯޑު މެމްބަރުން ވަނީ އަމިއްލައަށް އިސްތިއުފާ ދެއްވައިފަ އެވެ. އޭގެ ތެރޭގައި އެސްޓީއޯގެ އެމްޑީ އަދި ސީއީއޯ އަހުމަދު ޝަހީރާއި އެމްޕީއެލްގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމާއި ފެނަކަ ކޯޕަރޭޝަނުގެ އެމްޑީ މުހައްމަދު ލައްމާން ހިމެނެއެވެ.

comment ކޮމެންޓް