ހަލީލާއި އިކުރާމް އަދި އަޒުރާ ޕީއެސްއެމް ބޯޑުން ވަކިކޮށްފި

ހަލީލް އަދި އިކްރާމް --- ސަންފޮޓޯ

ޕަބްލިސްކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މޭނޭޖިގް ޑައިރެކްޓަރު އިބްރާހީމް ޚަލީލާއި ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު އިކްރާމް އަބްދުއްލަތީފު އަދި މަރިޔަމް އަޒުރާ ޕީއެސްއެމްގެ ބޯޑުން ވަކިކޮށްފިއެވެ.

ޕީއެސްއެމްގެ ބޯޑަށް މެމްބަރުން އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދޭ ގޮތަށް ނިންމައި އަލުން ބޯޑު އެކުލަން ޕީއެސްއެމް ގާނޫނަށް އިސްލާހު ގެނައީ މި އަހަރު ޖުލައި މަހުގެ ތެރޭގައެވެ.

އެގޮތަށް ބަދަލުކޮށް އަލުން ބޯޑު އެކުލަވާލި އިރު އިކުރާމާއި ހަލީލް އަދި ޗެއާމަން އަޒުރާގެ އިތުން ދެ ޑިރެކްޓަނުންނަށް އައްޔަން ކުރީ އިބްރާހިމް ރަޝީދު (މަހުރަބު އިއްބެ)އާއި ކުރިން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރަކަށް ނަން ހުށަހެޅުއްވި ނ. ވެލިދޫ، އާހިޔާ، އައިޝަތު ހަފީޒުއެވެ.

އެ ދެ ބޭފުޅުން އަދި މަގާމުން ވަތްކެއް ނުކުރެއެވެ.

ޕްރައިވެޓައިޒްކުރުމުގެ ކުރިންވެސް އިކްރާމާއި ހަލީލު ހުންނެވީ ޕީއެސްއެމްގެ އެ މަގާމުތަކުގައެވެ. އެބޭފުޅުން އެ މަގާމަށް އައްޔަން ކުރެއްވީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި މަޖިލީހުން ފާސްކޮށްގެންނެވެ.

comment ކޮމެންޓް