މަޑިއެއް ކަށިޖަހައިގެން އޮސްޓްރޭލިއާގައި މީހަކު މަރުވެއްޖެ

މީހުންގެ ގަޔަށް މަޑި ކަށި ޖެހުމަކީ އާންމު ކަމެއް ނޫން --

މަޑިއެއް ކަށިޖަހައިގެން އޮސްޓްރޭލިއާގައި 42 އަހަރުގެ މީހަކު މަރުވެއްޖެ އެވެ.

އޮސްޓްރޭލިއާގެ ފުލުހުންނާ ހަވާލާދީ ބީބީސީ އިން މިއަދު ބުނީ އެ މީހާގެ ދަށްބަނޑުކޮޅަށް މަޑި ކަށި ޖެހުމުން އޭނާގެ ހިތުގެ ހިނގުން ހުއްޓުނު ކަމަށެވެ.

ފުލުހުންގެ ބަޔާނުގައި ބުނީ މޫދު ޖަނަވާރެއްގެ ހަމަލާގެ ޒަހަމު އޭނާގެ ހަށިގަނޑުން ފެންނަން ހުރި ކަމަށާއި އެއީ މަޑިއެއްގެ ހަމަލާ ކަމަށް ބެލެވޭ ކަމަށެވެ.

އާންމު ގޮތެއްގައި މަޑިއަކީ ނުރައްކާތެރި ޖަނަވާރެއް ނޫން ކަމަށާއި ނަމަވެސް އޮސްޓްރޭލިއާގައި ތިމާވެއްޓާއި ޖަނަވާރު ހިމާޔަތް ކުރުމަށް މަސައްކަތް ކުރި، ސްޓީވް އަރްވިން 2006 ވަނަ އަހަރު މަރުވީ މަޑިއެއް ކަށިޖަހައިގެން ކަމަށެވެ. އޭނާ މަރުވީ މެއަށް މަޑި ކަށިޖަހައިގެންނެވެ.

ސްޓީވް އަރްވިން 2006 ވަނަ އަހަރު މަރުވީ މަޑިއެއް ކަށިޖަހައިގެން --

comment ކޮމެންޓް