ކައިވެންޏަށް ފަހު ދީޕިކާ އާއި ރަންވީރު މުމްބާއީ އަށް!

ދީޕިކާ އާއި ރަންވީރް: ފޮޓޯ/ ޕިކްންވިލާ

އިޓަލީގެ ލޭކް ކޮމޯގައި މިދިޔަ ބުދަ ދުވަހު ކުރެވުނު ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ދީޕިކާ ޕަދުކޯން އާއި ރަންވީރް ސިންގްގެ ކައިވެންޏަށް ފަހު އެ ދެތަރިން އެނބުރި މުމްބާއީ އަށް އަތުވެއްޖެ އެވެ.

އެދެތަރިން މުމްބާއީ އެއާޕޯޓުގައި މިއަދު ހެނދުނު ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުވަމުންދާއިރު ފުރަތަމަ އެ ދެމީހުން ދިޔުމަށް ހަމަޖެހިފައިވަނީ ރަންވީރް ދިރިއުޅޭ ގެޔަށެވެ.

މިދެތަރިން ވަނީ މުމްބާއީ އިން 500 މިލިއަން ރުފިޔާ ދީފައި އަގުބޮޑު ގެއެއް ވެސް ގަނެފަ އެވެ. އެގެ ގަނެފައި ވަނީ އިޓަލީގައި ތިބެފަ އެވެ.

ދީޕިކާ އާއި ރަންވީރް މުމްބައީ އެއާޕޯޓުގައި...

ދީޕިކާ އާއި ރަންވީރް މުމްބައި އަށް އައުމުގެ ކުރިން ރަންވީރް ދިރިއުޅޭ ގެ ވަނީ ޖަރީކޮށްފަ އެވެ. އަދި މޫމްބާއީގައި ރަހުމަތްތެރިންގެ އިތުރުން ބޮލީވުޑް ތަރިންނަށް ހާއްސަ ޕާޓީ އެއްވެސް ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އޭގެ އިތުރުން ބެންގަލޫރުގައި ވެސް ޕާޓީ އެއް ބާއްވާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.

ހަ އަހަރު ވަންދެން ސިއްރުން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު ކައިވެނި ކުރި ރަންވީރްއާއި ދީޕިކާގެ ކައިވެނީގެ ބައެއް ފޮޓޯތައް މިހާރު ސޯޝަލް މީޑިއާގައި ފެތުރެމުން އަންނަ އިރު ކައިވެނީގެ ހަފްލާގައި ބައިވެރިވީ ދެ ފަރާތުގެ އާއިލާގެ އިތުރުން ބައެއް ރަހުމަތްތެރިންނެވެ.

comment ކޮމެންޓް