ވިލާ ކޮލެޖުގެ ދަރިވަރުން އެކްސްޕޯޝާ ދަތުރެއްގައި ދުބާއީ އަށް

ވިލާ ކޮލެޖުގެ އެކްސްޕޯޝާ ދަތުރުގެ ތެރެއިން-- ފޮޓޯ: ވިލާ ކޮލެޖު

އެކްސްޕޯޝާ ދަތުރެއްގައި ވިލާކޮލެޖްގެ ދަރިވަރުން ޔޫއޭއީގެ ދުބާއީ އަދި އަބޫދާބީ ސިޓީއަށް ދިއުމަށް ޓަކައި މިއަދު ފުރައިފި އެވެ.

ހަތް ދުވަހުގެ އެ ދަތުރުގައި ވިލާ ކޮލެޖުގައި ހިންގާ ތަފާތު 14 ޕްރޮގްރާމެއްގައި ކިޔަވާ 45 ކުދިންނާއި މެނޭޖްމެންޓް ސްޓާފުންގެ ތެރެއިން ތިން މީހަކާ އެކު ޖުމްލަ 48 މީހުން ހިމެެނެ އެވެ. އޭގެ ތެރޭގައި ވިލާ ކޮލެޖުގެ ކިއުއައި ކެމްޕަސްގެ ދަރިވަރުންނާއި އަތޮޅުތެރޭގެ ކެމްޕަސްތަކުގެ ދަރިވަރުންގެ އިތުރުން މާސްޓާސް، ޑިގްރީ އަދި ސެޓްފިކެޓް ލެވެލް ގެ ކޯސްތަކުގައި ކިޔަވާ ދަރިވަރުން ހިމެނެ އެވެ.

ވިލާ ކޮލެޖުގެ އެކްސްޕޯޝާ ދަތުރުގެ ތެރެއިން-- ފޮޓޯ: ވިލާ ކޮލެޖު

ވިލާ ކޮލެޖުން ބުނީ އެ ދަތުރުގައި ދުބާއި އަދި އަބޫދާބީގެ ޔުނިވާސިޓީތަކާއި ފެކްޓްރީތަކަށް ދިއުމުގެ އިތުރުން މަޝްހޫރު ސައިޓްތައް ބަލާލުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ޔުނިވަސިޓީ ވިޒިޓްތަކުގައި ވިލާ ކޮލެޖުގެ ދަރުވަރުންނާއި އެ ޔުނިވާސިޓީތަކުގެ ދަރިވަރުންނާއި ގުޅިގެން ބައެއް ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަަމަށް ވެސް އެ ކޮލެޖުން ބުންޏެވެ.

ވިލާ ކޮލެޖުން ބުނީ އެ ދަތުރަކީ ދަރިވަރުންނަށް ތަފާތު ފައިދާ ހުރި ތަޖުރިބާއަކަށް ވެގެންދާނެ ކަމަށެވެ.

އެ ދަތުރުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސާފައި ވަނީ ވިލާ ކޮލެޖުގެ ސްޓޫޑަންޓް އެސޯސިއޭޝަންގެ ފަރާތުންނެވެ.

comment ކޮމެންޓް