ފުރަތަމަ 100 ދުވަސް ތެރޭ ކަޅުވަކަރު މިސްކިތް ހޯދައި ރާވާނެ

ސަލްޓަން ޕާކު ތެރޭގައި މީގެ އެތަށް ޒަމާނެއް ކުރިން ހަދާފައި ހުރި ކަޅު ވަކަރު މިސްކިތް --

ޅާލައިގެން އެއްތަނުން އަނެއް ތަނަށް ބަދަލުކުރެވޭ ގޮތަށް ރާއްޖޭގައި ހަދާފައިހުރި ހަމައެކަނި ކަޅުވަކަރު މިސްކތް ހޯދައި، އަލުން އެ މިސްކިތް ރާވަން ނިންމައިފިއެވެ.

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަންތަކުގެ ތެރޭގައި ކަޅުވަކަރު މިސްކިތް ހޯދާ، އަލުން އެ މިސްކިތް ރޭވުން ވަނީ ހިމަނައިފައެވެ. އެ މަސައްކަތް ކުރިއަށް އޮތް 90 ދުވަސް ތެރޭ ކުރުމަށް ވަނީ ނިންމައިފައެވެ.

ލިލީ މަގު ކަންމައްޗަކަށް ސަލްޓަންޕާކާ އިންވެގެން ހުރި ކަޅުވަކަރު މިސްކިތް ރޫޅާލާފައިވަނީ ސަލްޓަން ޕާކު ތަރައްގީ ކުރުމަށެވެ. އެ މިސްކިތް ގދ ތިނަދޫގައި ރޭވުމަށް ނިންމި ނަމަވެސް ފަހުން ނިންމީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހެރިޓޭޖު އައިލެންޑުގެ ގޮތުގައު ތަރައްގީކުރާ ފަރުކޮޅުގައި އެ މިސްކިތް ބެހެއްޓުމަށެވެ.

އެ މިސްކިތުގެ ބައިތައް ހެރިޓޭޖު ޑިޕާޓްމެންޓުގެ ބެލުމުގެ ދަށުގައި ހުރިކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މިހާރު ހެރިޓޭޖު މަސައްކަތް ކުރުމަށް މިނިސްޓްރީ އެއް އުފައްދާފައިވާއިރު އެ މިނިސްޓީ ހިންގަވާނީ ޔުމްނާ މައުމޫނެވެ.

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ރަށްރަށުގައި ހުރި ތަރިކައާއި، ދުވަސްވީ ބިނާތަކާއި، އާސާރު އެކުލެވޭ ތަންތަނާއި، ތާރީޚާ ގުޅިފައިވާ ތަކެތި ހިމާޔަތްކުރުން އެންމެހާ ފަރާތްތަކަށް ލާޒިމްވާގޮތަށް ގާނޫނީ ޒިންމާ ކަނޑައަޅައި ތަރިކައިގެ ލިސްޓެއް އެކުލަވާލައި ހަރުދަނާ
އުސޫލަކުން އާސާރުބަލަހައްޓަން ފަށަން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް