ރަންވީރްއާއި ދީޕިކާ ގަތީ 500 މިލިޔަން ރުޕީސްގެ ގެއެއް

ރަންވީރް އާއި ދީޕިކާގެ ކައިވެނީގެ ދެ ފޮޓޯ...

މީގެ ދެ ދުވަސް ކުރިން ކައިވެނިކުރި ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ރަންވީރް ސިންގްއާއި ދީޕިކާ ޕަދުކޯން ދިރިއުޅުމަށް މުމްބާއީއިން 500 މިލިޔަން ރުޕީސްގެ އަގުބޮޑު ގެއެއް ގަނެފިކަމަށް އަޑުތައް ފެތުރެން ފަށައިފިއެވެ.

އިޓަލީގެ ލޭކް ކޮމޯގައި މިދިޔަ ބުދަ ދުވަހު ކުރި ކައިވެންޏަށްފަހު އެނބުރި މުމްބާއީއަށް އަންނަންވާއިރަށް އެ ދެ ތަރިން ގެއެއް ބަލަން ފަށައި، ކަމުދާ ގެއެއް ލިބުމުން 500 މިލިޔަން ރުޕީސް ދީފައި ގެއެއް ގަތީ ކަމަށް ހަބަރުތައް ލިބެއެވެ.

ކައިވެންޏަށްފަހު މިވަގުތު އަދި އިޓަލީގައި ތިބި ރަންވީރްއާއި ދީޕިކާ އެނބުރި މުންބާއީ އަށް އައުމުގެ ކުރިން ރަންވީރް އުޅުނު ގެ ޖަރީކޮށް ޒީނަތްތެރި ކުރަމުން އަންނަ އިރު ވަރުގަދަ ޕާޓީއެއް ބާއްވަންވެސް އަންނަނީ ތައްޔާރުވަމުންނެވެ. ބެންގަލޫރުގައިވެސް ޕާޓީ ބާއްވާނެކަމުގެ އަޑުތަކެއް ވަނީ އަރާފައެވެ.

ހަ އަހަރު ވަންދެން ސިއްރުން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ކައިވެނި ކުރި ރަންވީރްއާއި ދީޕިކާގެ ކައިވެނީގެ ބައެއް ފޮޓޯތައް މިހާރު ސޯޝަލް މީޑިއާގައި ފެތުރެމުން އަންނަ އިރު ކައިވެނީގެ ހަފްލާގައި ބައިވެރިވީ ދެ ފަރާތުގެ އާއިލާގެ އިތުރުން ބައެއް ރަހުމަތްތެރިންނެވެ.

ރަންވީރްއާއި ދީޕިކާގެ ކައިވެންޏަށް ބޮލީވުޑް ގިނަ ޑައިރެކްޓަރުންނާއި ތަރިން އަންނަނީ މަރުހަބާ ކިޔަމުންނެވެ.

comment ކޮމެންޓް