ދީޕިކާއާއި ރަންވީރު ކައިވެނިކޮށްފި

ދީޕިކާ އާއި ރަންވީރު: މިދެތަރިން ކައިވެނިކޮށްފި---

ބޮލީވުޑްގެ ކާމިޔާބު ދެ ޖޯޑު ދީޕިކާ ޕަދުކޯންއާއި ރަންވީރު ސިންހް މިއަދު ކައިވެނިކޮށްފިއެވެ.

ދެތަރިން ކައިވެނިކޮށްފައިވަނީ އިޓަލީގެ ލޭކް ކޯމޯގައެވެ. ބޮލީވުޑުން ހޮވައިލެވޭ ދައުވަތުދީފައިވާ މަދު އަދަދެއްގެ މީހުން އަންނަނީ މި ހަފްލާގައި ބައިވެރިވަމުންނެވެ. އޭގެ ތެރޭގައި ޝާހްރުކް ހާން، ސަންޖޭ ލީލާ ބަންސާލީ، ކަރަން ޖޯހަރު، ފަރާ ހާން، ރޯހިތު ޝެޓީ އަދި އަދިތިޔާ ޗޯޕްޅާ ހިމެނެއެވެ.

މި ދެތަރިން ކައިވެނިކުރުމާއެކު ބޮލީވުޑްގެ ގިނަ ތަރިންތަކެއް އަންނަނީ ދީޕިކާ އާއި ރަންވީރަށް މަރުހަބާ ކިޔަމުންނެވެ.

ދެތަރިންގެ ކައިވެނީގެ ރިސެޕްޝަން މިމަހުގެ 28 ވަނަ ދުވަހު މުމްބާއީގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

ކައިވެނީގެ ރިސެޕްޝަން ބާއްވާނީ މުމްބާއީގައި ހުންނަ "ދަ ގްރޭޓް ހަޔަޓް"ގައެވެ.

ރަންވީރު އާއި ދީޕިކާ ލޯބީގެ ގޮތުން ގުޅިފައި ވަނީ 2013 ވަނަ އަހަރުއެވެ.

comment ކޮމެންޓް