ހަތަރު ސިއްހީމަރުކަޒެއް ހޮސްޕިޓަލަށް ބަދަލުކުރަން ބަޖެޓްކޮށްފި

ހިންނަވަރު ސިއްހީމަރުކަޒުގެ އާ އިމާރާތުގެ ބިންގާއެޅުން --- ފޮޓޯ: ހެލްތު މިނިސްޓްރީ

ހަތަރު ރަށެއްގެ ސިއްހީމަރުކަޒު ހޮސްޕިޓަލުތަކަށް ބަދަލުކުރުމަށް ނިންމައި ބަޖެޓުގައި ހިމަނައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައި ވަނީ ނ. ވެލިދޫ ސިއްހީމަރުކަޒާއި ޅ. ހިންނަވަރު، އދ. މާމިގިލި އަދި ގދ. ގައްދޫ ސިއްހީ މަރުކަޒު، ހޮސްޕިޓަލުތަކަށް ބަދަލު ކުރުމަށެވެ.

ވެލިދޫގައި ހޮސްޕިޓަލެއް ގާއިމް ކުރާއިރު ނ. އަތޮޅު ހޮސްޕިޓަލް ގާއިމްކޮށްފައި ވަނީ އެއަތޮޅު މަނަދޫގަ އެވެ. ޅ. އަތޮޮޅު ހޮސްޕިޓަލް ނައިފަރުގައި ގާއިމްކޮށްފައިވާއިރު އދ. އަތޮޅު ހޮސްޕިޓަލް ގާއިމްކޮށްފައި ވަނީ އެއަތޮޅު މަހިބަދޫގަ އެވެ. ގދ. އަތޮޅުގައި ރީޖަނަލް ހޮސްޕިޓަލެއްގެ ގޮތުގައި ހިންގަމުން އަންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝިއަރީ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ވެސް ބަޖެޓުގައ ވަނީ ހިމަނައިފަ އެވެ.

ހަތަރު ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލުތަކަށް ބަދަލުކުރުމަށް 37.356 މިލިއަން ރުފިޔާ ވަނީ ބަޖެޓުގައި ހިމަނައިފަ އެވެ.

ސިއްހީ ދާއިރާއަށް ތިން ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާއިރު ދަރުމަވަންތަ ހޮސްޕިޓަލުގެ ތަރައްގީއަށް ވަނީ 93 މިލިއަން ރުފިޔާ ބަޖެޓުކޮށްފަ އެވެ.

comment ކޮމެންޓް