ކެލިފޯނިއާގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން 42 މަރު

ކެލިފޯނިއާގައި ފެތުރޭ އަލިފާންގަނޑު މަތީން --

ވޮޝިންޓަން (ނޮވެމްބަރު 13): އެމެރިކާގެ ކެލިފޯނިއާގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން މަރުވި މީހުންގެ އަދަދު 42 އަށް އަރައިފި އެވެ.

ކޭމްޕް ފަޔާގެ ނަން ދީފައިވާ އެއަލިފާންގަނޑަކީ ކެލިފޯނިއާގެ ތާރީހުގައި ވެސް ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާ ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ.

ކެލިފޯނިއާގެ ބިއުޓް ކައުންޓީ ޝެރިފް ކޯރީ ހޯނިއާ ވިދާޅުވި ގޮތުގައި ކޭމްޕް ފަޔާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 42 އަށް އަރައިފަ އެވެ. އަދި ގެއްލުނު މީހުންގެ އަދަދު ވަނީ 228 އަށް އަރައިފަ އެވެ.

އެއަލިފާންގަނޑުގެ ސަބަބުން ކެލިފޯނިއާގެ އެކި ސަރަހައްދުތަކުން 300،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ އެމީހުންގެ ގެދޮރު ދޫކޮށް ދާން ޖެހިފަ އެވެ.

ފަޔާ އޮފިޝަލުން ވިދާޅުވި ގޮތުގައި އެއަލިފާންގަނޑު ވަނީ 111،000 އޭކަރުގެ ސަރަހައްދަަކަށް ފެތުރިފަ އެވެ. އަދި މިހާތަނަށް އެއަލިފާންގަނޑުގެ 25 ޕަސެންޓު ވަނީ ނިއްވާލެވިފަ އެވެ. އެމަސައްކަތުގައި އެމެރިކާގެ އެކި ސްޓޭޓުތަކުގެ 8،000 ފަޔާ ފައިޓަރުން ދަނީ ބައިވެރިވަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް