އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރަނީ

ތިނަދޫ ހޮސްޕިޓަލް

ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ބަޖެޓު ކޮށްފިއެވެ.

އާ ސަރުކާރުގެ ސިޔާސަތުތައް ހިމަނައިގެން މިއަދު މަޖިލީހަށް ހުށަހެޅި 29.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި ތިނަދޫ ޓާޝަރީ ހޮސްޕިޓަލަށް ފަސް މިލިއަން ރުފިޔާ ވަނީ ބަޖެޓްކޮށްފައެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައިވެސް އެންމެ ގިނަ ޕްރޮޖެކްޓުތައް ހިންގާފައިވާ ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލެއް އެޅުމަކީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ.

މީގެ އިތުރުން ތިނަދޫގައި ޑިޓޮކްސް ސެންޓަރެއް ގާއިމް ކުރުމުގެ ވައުދުފުޅާއެކު އެކަމަށް 1,080,000 ރުފިޔާ ވަނީ ބަޖެޓް ކޮށްފައެވެ.

ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަކީ މިހާރުވެސް ރަނގަޅު ފެންވަރަކަށް ތަރައްގީކުރެވި ޚިދުމަތް ދެވެމުންދާ ރީޖަނަލް ހޮސްޕިޓަލެކެވެ.

comment ކޮމެންޓް