މަހްލޫފް އެމްޑީޕީ އަށް ސޮއި ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދައިރާ މެމްބަަރު އަހްމަދު މަހުލޫފް މިރޭ އިދިކޮޅު މައި ޕާޓީ އެމްޑީޕީއަށް ސޮއި ކުރައްވައިފި އެވެ.

މަހްލޫފް އެމްޑީޕީ އަށް ސޮއި ކުރެއްވުމަށް ފަހު މެމްބާޝިޕް ފޯމް ވަނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާ ހަވާލު ކުރައްވާފައެވެ.

މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީއާ ގުޅިވަޑައިގަތުމުން އުފާ ކުރައްވާ ކަމަށާއި ކުރިއަށް އޮތްތާގައި ބޭނުން ވަނީ އިންތިހާބީ ރައީސް އިބޫއާއި ކުރީގެ ރައީސް އަދި އެމްޑިޕީގެ ރައީސް މުހައްމަދު ނަޝީދާ އެކު ގާތުން މަސައްކަތް ކުރެއްވުމަށް ކަމަށެވެ.

ދެހާސްސާދަ ވަނަ އަހަރު ވެރިކަންކުރާ ޕީޕީއެމް އިން ކަޑާލުމާ އެކު މަހްލޫފް ހުންނެވީ މިނިވަން މެމްބަރެއްގެ ގޮތުގައި އެވެ.

comment ކޮމެންޓް