ފަނޑިޔާރުންގެ ބެންޗަށް އަރައި ފޮޓޯ ނެގި މައްސަލަ ބަލަން ފަށައިފި

ޖުވެނައިލް ކޯޓުތެރޭގައި ނަގައިފައިވާކަމަށް ބުނެ ދައުރުވަމުންދާ ފޮޓޯއެއް---

ޖުވެއިނަލް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް އަރައި ކޯޓުގެ ހުރުމަތް ކެނޑޭގޮތަށް ބަޔަކު ފޮޓޯތަކެެއް ނެގި މައްސަލަ ބަލަމުންގެންދާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ބުނެފިއެވެ.

ޒުވާނުންތަކެއް ޖުވެނައިލް ކޯޓުގެ ފަނޑިޔާރުުން ތިއްބަވާ ބެންޗަށް އަރާ ތިބެ ނަގައިފައިވާ ފޮޓޯތަކެއް މީސް މީޑިއާގައި އާންމުވުމާއެކު ވަރަށް ގިނަ ބައެއްގެ ފާޑިކިޔުންތަކެއް އެ ކޯޓަށް ވަނީ އަމާޒުވެފައެވެ. އަދި ކޯޓުގައި ޝަރީއަތުގެ މަޖިލީހަށް ފޯނުތައް ވެއްދުމަކީ މަނާކަމަަކަށް ވާއިރު ފޯނުތައް ވެއްދީ ކިހިނެއްތޯވެސް ގިނަ ބަަޔަކު ވަނީ ސުވާލު އުފައްދައިފައެވެ.

ޖުވެނައިލް ކޯޓުތެރޭގައި ނަގައިފައިވާކަމަށް ބުނެ ދައުރުވަމުންދާ ފޮޓޯއެއް---

ޖުޑީޝަރީން މިއަދު ނެރުނު ބަޔާނުގައި ބުނީ ހުއްދައަކާ ނުލައި ކޯޓެއްގެ އެތެރެ ފޮޓޯ ނެގުމާއި ވީޑިއޯ ކުރުމަކީ، ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުމާބެހޭ ޤަވާޢިދުގެ ދަށުން ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށެވެ.

އަދި ކޯޓުތަކުގެ ހައިބަތާއި ކަރާމާތާއި ޤަދަރަށް އުނިކަން އަތުވެދާނެ ފަދަ އެއްވެސް ޢަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށްވެސް ޖުޑީޝިއަރީން މިއަދު ނެރުނު ބަޔާނުގައި ވެއެވެ.

" އަދި ބުނެވިދިޔަ އަމަލަކީ ކޯޓު ހުރުމަތް ރައްކާތެރި ކުރުމާބެހޭ ޤަވާއިދުގެ ދަށުން ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލަކަށް ވާތީ، އެމައްސަލަ ތަޙުޤީޤުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާއި ބެހޭ އެންމެހައި އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ވާހަކަ ދަންނަވަމެވެ." ޖުޑީޝިއަރީގެ ބަޔާނުގައި ވެއެވެ.

comment ކޮމެންޓް