މަންތާ އެއާގެ ފުރަތަމަ ފްލައިޓު ރާއްޖެ އައިސްފި

މަންތާ އެއާގެ ފުރަތަމަ ބޯޓު ވީއައިއޭގައި --- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

މަންތާ އެއާގެ ފުރަތަމަ ފްލައިޓު ރާއްޖެ އައިސްފިއެވެ.

މި ފްލައިޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައިވަނީ މިއަދު 16:03 ހާއިރުއެވެ.

ފްލައިޓު ވީއައިއޭގެ ރަންވޭގައި ޖެއްސުމާއެކު ވޯޓާ ސެލިއުޓަކާއެކު ބޮޑުބެރުގެ ހޫނު މަރުހަބާއެއް ވަނީ ކިޔައިފައެވެ.

މަންތާ އެއާގެ ފުރަތަމަ ބޯޓު ވީއައިއޭގައި --- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

މަންތާ އެއާގެ ފްލީޓަށް ފުރަތަމަ ގެނައި ބޯޓަކީ އޭޓީއާރު 600-70 މަރުކާގެ މުޅިން އާ ބޯޓެކެވެ. މި ފްލީޓަށް ގެންނަ ދެވަނަ ބޯޓު އަންނަ މަހުގެ 10ގެ ކުރިން ރާއްޖެ އަންނާނެ ކަމަށް މަންތާ އިން ބުނެއެވެ.

މަންތާގެ ދަތުރުތައް ފުރަތަމަ ފަށާނީ ދ. ކުޑަހުވަދޫ އަށެެވެ. އޭއަށްފަހު ބ. ދަރަވަންދޫ އަށް ދަތުުރު ފަށާނެ ކަމަށާއި ތިމަރަފުށީ އެއާޕޯޓަށްވެސް ދަތުރު ފަށާނެ ކަމަށް މަންތާ އިން ބުންޏެވެ.

މަންތާއެއާގެ ސީއީއޯ މުހައްމަދު ހަލީލް ވިދާޅުވީ އެ އެއާލައިނަށް ތިންވަނަ އެއާކްރާފްޓެއް ގެނެސް ރާއްޖޭގެ އިތުރު މަންޒިލުތަކަށް ދަތުރު ފުޅާކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން އިތުރު ޑެސްޓިނޭޝަންތަކެއް އެޑެއް ނުކުރާނަން ކެޕޭސިޓީ ބިލްޑް ކުރަމުންދާ ވަރަކުން ނޫނީ. މިހާރު [އެއާލައިން ތަކަށް] ދިމާވާ މައްސަލައަކީ ކެޕޭސިޓީ ނެތްނަމަވެސް ކޮންޓްރެކްޓަށް [ޑެސްޓިނޭޝަންތައް] ނަގަމުން ދިޔުން. އަޅުގަނޑުމެންނަށް ކުރެވޭވަރަކުން އެކްސްޕެންޑް ކުރަމުންދާނީ،" ސިވިލް އޭވިއޭޝަނުން ހުއްދަ ލިބުނުހާ އަވަހަކަށް ދަތުރުތައް ފަށާނެ ކަމަށް ހަލީލް ވިދާޅުވިއެވެ.

comment ކޮމެންޓް