"ޝަކީލާ" ބަޔޮޕިކްގެ ޝޫޓިން ނިމިއްޖެ

ޝަކީލާ އަދި ބަތަލާ ރިޗާ ޗައްޑާ-- ފޮޓޯ: ކްލެޕްބޯޑް

ނުވަދިހައިގެ އަހަރުތަކުގައި ސައުތު އިންޑިއަން ފިލްމު އިންޑަސްޓްރީގެ އެންމެ އުހުގައި ފިޔަޖަހަމުން ދިޔަ ބަތަލާ ޝަކީލާ ޚާންގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގެ ޝޫޓިން އެއްކޮށް ނިމިއްޖެއެވެ.

ފިލްމުގެ ޝޫޓިން ނިންމާލައިފައި ވަނީ ތިން މަސް ދުވަހުންނެވެ. ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ ބަތަލާ ރިޗާ ޗައްޑާއެވެ.

ރިޗާ ބުނީ ޝަކީލާ ބަޔޮޕިކްއަކީ މުޅިން ތަފާތު ތަޖުރިބާއެއް ކަމަށާއި، މިހާރު ފިލްމު ބަލާ ހިތުން ކެތްމަދުވެފައި ހުރިކަމަށެވެ.

ޝަކީލާގެ ރޯލު އެންމެ ފުރިހަމައަށް ގެނެސްދިނުމަށް ރިޗާ ވަނީ ފަސް ކިލޯ ބަރުވެސް ކޮށްފައެވެ.

ފިލްމުގެ ބޮޑު ބައެއް ޝޫޓު ކޮށްފައި ވަނީ އިންޑިއާގެ ބެންގަލޫރޫގައެވެ. ބެންގަލޫރޫގެ އިތުރުން ކަރްނާޓަކާގެ އެކި ހިސާބުތަކުގައި ފިލްމުގެ މަންޒަރުތައް ވަނީ ނަގައިފައެވެ.

އިންދްރަޖީތު ލަންކޭޝް ޑައިރެކްޓު ކުރާ ބަޔޮޕިކްގައި ގެނެސްދޭނީ ޝަކީލާ މަޝްހޫރުވެގެން ދިޔަ ގޮތާއި، އޭނާގެ ކެރިއަރު އަޑިއަޅާލި ގޮތެވެ

comment ކޮމެންޓް