އިރުއޮއްސުމުގެ ކުރިން ނިދާ ހެދުން ލައިގެން ނުކުންނަ ނަމަ ޖޫރިމަނާ ކުރަނީ

އިންޑިޔާ އަންހެނަކު ނިދާ ކޮޓަރީގެ ދޮރުމަތީގައި --

ހެނދުނު ހޭލީއް ސުރެ ގޭތެރޭ އުޅެންޏާ އިންޑިއާގެ އަވަށްތަކުގައި ފެންނަ މަންޒަރަކީ ނިދާ ހެދުން ލައިގެން އުޅުމެވެ. އިންޑިއާގެ އަންދްރަޕްރަދޭޝްގެ އަވަށަކުން ވަނީ މި އާދަ ހުއްޓުވުމަށް ފިޔަވަޅެއް އަޅައިފައެވެ.

އެ ގޮތުން ދުވާލު ގަޑީގައި ނިދާ ހެދުން ލައިގެން އުޅޭ ނަމަ 2000 ރުޕީސް އިން ޖޫރިމަނާ ކުރަން ނިންމައި އެކަން ވަނީ އިއުލާން ކޮށްފައެވެ. އެ އަވަށުގެ ކަމުވޮށިގެން ވާ މީހުންގެ ގްރޫޕަކުން މި ނިންމުން ނިންމީ ނިދާ ހެދުމަކީ ނިދުމަށް ހާޢްސަ ހެދުމެއް ކަމަށް ބުނެއެވެ.

ދުވާލު ގަޑީގައި ނިދާ ހެދުން ލައިގެން އުުޅޭ މީހުން ރިޕޯޓު ކުރާ މީހުންނަށް އެ އަވަށުގައި ދަނީ 1000 ރުޕީސްގެ ހަދިޔާއެއް ވެސް ދެމުންނެވެ.

މި ނިންމުމަށް އެ އަވަށުގެ ގިނަ އަންހެނުން ތާއީދެެވެ. މި މީހުން ބުނާ ގޮތުގައި ނިދާ ހެދުން ލައިގެން ބާޒާރަށް ދިއުމަކީ އިޖުތިމާއީ މިންގަނޑުން ބަލާ އިރު ވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫނެވެ.

comment ކޮމެންޓް