އެމްއެންޑީއެފް އިން އުތީމުގައި ޑްރިލް ޑިސްޕްލޭ ހުށަހަޅައިފި

އެމްއެންޑީއެފް އިން އުތީމުގައި ޑްރިލް ޑިސްޕްލޭ ހުށައަޅައިދެނީ--- ފޮޓޯ/ އެމްއެންޑީއެފް

ރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބަތާ ގުޅިގެން އެމްއެންޑީއެފް އިން ހއ އުތީމުގައި ޑްރިލް ޑިސްޕްލޭއެއް ހުށައަޅައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ މިއަދު އެ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އުތީމު ބަނދަރު ސަރަހައްދުގައި ކަމަށާއި އަދި މާދަމާ ކުޅުދުއްފުށީގައި ވެސް އެ ހަރަކާތް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

އެމްއެންޑީއެފްއިން ބޭއްވި ޑްރިލް ޑިސްޕްލޭ ބަލާލުމަށް ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތްކުރި ކަމަށާއި އެކަމަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނުކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފް އިން އުތީމުގައި ޑްރިލް ޑިސްޕްލޭ ހުށައަޅައިދެނީ--- ފޮޓޯ/ އެމްއެންޑީއެފް

މާދަމާ އޮންނަ ޑްރިލް ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް ސަރަހައްދުގައި އޮންނާނެއެވެ.

ރާއްޖޭގައި ފާހަގަކުރާ ގައުމީ ދުވަސްތަކާ ގުޅިގެން ރާއްޖޭގެ އެކި ރަށްރަށުގައި އެމްއެންޑީއެފް ޑްރިލް ޑިސްޕްލޭ މީގެ ކުރިން ވެސް ވަނީ ހުށަހަޅައިދީފައެވެ.

comment ކޮމެންޓް