ބެންކޮކްގައި ދުސިތާނީ އިން ހިންގާ ދުވަސްވީ ހޮޓަލެއް ބަންދު ކުރަނީ

ބެންކޮކްގެ ދުސިތާނީ ހޮޓެލް

ބެންކޮކަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި މަގުބޫލު ދުސިތާނީ ބެންކޮކް ހޮޓެލް ބަންދު ކުރަން ނިންމައިފިއެވެ.

ބެންކޮކްގައި ހުރި އެންމެ ދުވަސްވީ އަދި އާކިޓެކްޗާގެ މަސައްކަތް ފުރިހަމައަށް ފެންނަ މި ހޮޓަލް އަންނަ އަހަރުގެ ކުރީކޮޅު ބަންދު ކުރާނެއެވެ. ހޮޓެލް ބަންދު ކުރަނީ އެއްކޮށް ތަޅާލައި މިކްސް ޔޫސް ޕްރޮޖެކްޓެއް ހިންގުމަށެވެ. މި ޕްރޮޖެކްޓް ނިމޭއިރު އާ ހޮޓަލެއް އެތަނުގައި އަޅާނެއެވެ.

ބެންކޮކްގެ ދުސިތާނީ ހޮޓެލް

ގިނަ ދުވަސްވީ ރީތި ހޮޓަލެއް ތަޅާލާތީ އެތަނަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވާން ފަށައިފައެވެ. ތައިލެންޑުގެ ގިނަ އަދަދެއްގެ ރައްޔިތުންވެސް ދަނީ އެ ހޮޓަލަށް ޒިޔާރަތްް ކުރަމުންނެވެ.

ބެންކޮކްގެ އެންމެ ބިޒީ ސަރަހައްދުގައި ހުރި މި ބިލްޑިން ތަޅާލާ އާ ބިލްޑިންއެއް އަޅަން ނިންމާފައިވާއިރު ބެންކޮކްގެ ރައްޔިތުންނަށް ވަނީ އެއްގޮތަކުން ނުތަނަވަސްކަން ލިބިފައެވެ. ފަހުގެ ޒުވާނުންނާއި ހަރު އުމުރުގެ މީހުން ބޮޑުވަމުން އައި އިރު އެންމެ ބޮޑަށް އަޅައިގަންނަ ގޮތަކަށް ހަދާފައި ހުރި ރީތި އިމާރާތަކަށް މި ހޮޓަލް ވަނީ ވެފައެވެ. ފަހުން އަޅާނެ ހޮޓާ ރީތިވެފައި އުސްވިޔަސް ބޮޑުވަމުން އައި އިރުފެނުނު ބިލްޑިން ނެތުމުން އެކަމާ ދެރަވާނެ ކަމަށް ބެންކޮކްގެ ރައްޔިތުން މިހާރުވެސް ދަނީ ބުނަމުންނެވެ.

ޖަޕާނުގެ އާކިޓެކްޓެއްގެ ޑިޒައިނަކަށް އަޅާފައިވާ ދުސިތާނީ ބެންކޮކް ހޮޓަލަކީ ބެންކޮކަށް ޒިޔާރަތްކުރާ ފަތުރުވެރިން ހާއްސަކޮށް ބޮޑެތި ސެލެބްރިޓީންގެ މެދުގައިވެސް މަގުބޫލު ހޮޓަލެކެވެ.

މިހާރުގެ ހޮޓަލް ތަޅާލުމަށް ފަހު އަލަށް އަޅާ ހޮޓެލް 2022 ވަނަ އަހަރު ހުޅުވޭނެއެވެ. އެ ޕްރޮޖެކްޓާއެކު ހޮޓަލެއގެ އިތުރުން ކޮމާޝަލް ސަރަހައްދަކާއި ރެޒިޑެންޝަލް ސަރަހައްދެއްވެސް ތަރައްގީ ކުރާނެއެވެ. ތައިލެންޑްގެ ކުންފުންޏަކާ ދުސިތާނީ ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮޖެކްޓަށް 1.1 ބިލިއަން ޑޮލަރު ހަރަދު ކުރާނެއެވެ.

comment ކޮމެންޓް