ތޮޝިބާގެ 7000 މުވައްޒަފުން ވަޒީފާއިން ވަކިކުރަނީ

ޖަޕާނުގެ ކޮންގްލޮމަރޭޓް ކުންފުނި ތޮޝިބާ ރީ ސްޓްރަކްޗަރ ކުރުމަށް އެކުންފުނީގެ 7000 މުވައްޒަފުން ވަޒީފާއިން ވަކިކުރަން ނިންމައިފިއެވެ.

މިއީ އެކުންފުނީގެ ޖުމްލަ ވޯކްފޯސްގެ ފަސް ޕަސެންޓެވެ. އެ ކުންފުނިން ގިނަ އަދަދެއްގެ މުވަައްޒަފުން ވަކިކުރަން ނިންމީ ކުރިއަށް އޮތް ފަސްއަހަރަށް އެކުލަވައިލާ ސްޓްރެޓެޖިކް ޕްލޭންގެ ދަށުންނެވެ.

މީގެ އިތުރުން އެކުންފުނިން އެމެރިކާއާއި އިނގިރޭސިވިލާތުގައި ހިންގާ ދެ ވިޔަފާރިއެއް ވިއްކާލަންވެސް ވަނީ ނިންމައިފައެވެ. އެގޮތުން އެމެރިކާގައި ތޮށިބާއިން ހިންގާ ލިކުއިފައިޑް ގޭސް ވިޔަފާރި އަންނަ އަހަރުގެ މާޗް މަހުގެ ތެރޭ ވިއްކާލަން ވަނީ ނިންމާފައެވެ. އެކުންފުނިން ލަފާކޮށްފައިވަނީ އެ ވިޔަފާރި ވިއްކާލުމުން 818 މިލިއަން ޑޮލަރުގެ ގެއްލުން ވާނެ ކަމަށެވެ. މީގެ އިތުރުން އިނގިރޭސިވިލާތުގައި ތޮޝިބާއިން ހިންގާ ނިއުކްލިޔާ ޕްލާންޓެއް ވިއްކާލަންވެސް ވަނީ ނިންމައިފައެވެ.

ތޮޝިބާގެ މި ނިންމުމާއެކު ޓޯކިޔޯގެ ހިއްސާގެ ބާޒާރުގައި އެކުންފުނީގެ އަގު ވަނީ ދަށަށް ގޮސްފައެވެ.

comment ކޮމެންޓް