ގަވާއިދާ ހިލާފަށް ހުޅުމާލެ ހައިވޭގައި ދުއްވި ސައިކަލެއް އެކްސިޑެންޓް ވެއްޖެ

ހުޅުމާލެ ހައިވޭ -- ފޮޓޯ ޕީއެސްއެމް

ސިނަމާލެ ބުރިޖްއަށް ދާން އޮންނަ ހުޅުމާލެ ހައިވޭގައި ގައިވާއިދާ ހިލާފަށް ވަންވޭއާ އިދިކޮޅަށް ދުވާފައިދިޔަ ސައިކަލެއް އެސިޑެންޓް ވެއްޖެއެވެ.

ފުލުހުން ބުނީ އެ ސައިކަލު އެކްސިޑެންވެފައި ވަނީ މިއަދު ހެދުނު، ހުޅުލެ ކައިރިން ދެ ލޭން ވަކިކުރަން ހުދު ކުލާއިގެ ފެންސް ޖަހާފައިވާ ހިސާބުން، ގަވާއިދާ ހިލާފަށް ވަންވޭއާ އިދިކޮޅަށް މާލެ އަށް ދުވާފައި ދަނިކޮށް ކަހާލާއިގެން ކަމަށެވެ.

ހުޅުމާލެ ހޮސްޕިޓަލުން ބުނީ އެ ހާދިސާ ގެއްލުން ލިބުނު 23 އަހަރުގެ މީހަކާއި 17 އަހަރުގެ ކުއްޖަކު ހޮސްޕިޓަލަށް ގެނެވި ފަރުވާ ދެމުން ގެންދާ ކަމަށެވެ.

ތޭވީސް އަހަރުގެ މީހާގެ ފަޔަށް ގެލުން ލިބިފައިވާ ކަމަށާއި އަދި 17 އަހަރުގެ ކުއްޖާގެ ބޮލަށް ގެއްލުން ވެފައިވާކާމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އިތުރު ފަރުވާއަށް 23 އަހަރުގެ މީހާ މިހާރު ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ.

comment ކޮމެންޓް