"ބައިސްކޯފު" އާއެކު "ހުވާ"ގެ ޓްރެއިލާ ވެސް!

"ހުވާ" ގެ ޕޯސްޓަރެއް...

އަންނަ ހަފްތާގެ ހޯމަ ދުވަހު ލޯންޗުކުރުމަށް ހަމަޖެހިފައިވާ "ބައިސްކޯފު" އެޕްލިކޭޝަން ލޯންކުރުމަށް ބާއްވާ ހަފްލާގެ ތެރެއިން ފާތިމަތު ނަހުލާ(ނަހޫ)ގެ ވެބް ސީރީޒް "ހުވާ"ގެ ޓްރެއިލާ ވެސް ރިލީޒްކުރާނެ ކަމަށް ނަހޫ ބުނެފިއެވެ.

"ބައިސްކޯފު" އަކީ ދިވެހި ފިލްމީ ދާއިރާއަށް ބޮޑު އިންގިލާބެއް ގެންނާނެ އެޕަކަށް ވާނެއެވެ. ގިނަ ކެޓަގަރީތަކެއް ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ އެ އެޕަށް އަންނާނެ ފުރަތަމަ ދިވެހި ވެބް ސީރީޒް އަކަށް ވާނީ ނަހޫގެ "ހުވާ" އެވެ.

"ހުވާ" ގެ ޕޯސްޓަރެއްގައި އައްޔަ އަދި ޝީލާ...

"ސަން"އަށް މައުލޫމާތު ދެމުން ނަހޫ ބުނީ، އެޕް ރިލީޒްކުރުމަށް ބާއްވާ ހާއްސަ ހަފްލާގެ ތެރެއިން "ހުވާ"ގެ ޓްރެއިލާ ވެސް ބެލުންތެރިންނަށް ދޫކޮށްލާނެ ކަމަށާއި އެ ޓްރެއިލާއަކީ ވަރަށް ހާއްސަ ޓްރެއިލާ އަކަށް ވާނެ ކަމަށެވެ. މީގެ ކުރިން ވަނީ "ހުވާ"ގެ ޓީޒާ އާއި ބައެއް ޕޯސްޓަރުތައް ވެސް އާންމުކޮށްފައެވެ.

"ހޯމަ ދުވަހުގެ ރޭ ރިލީޒްކުރާ ޓްރެއިލާ އިން ވެސް "ހުވާ" ގެ ބޮޑު ކަން އަދި ވަރުގަދަ ސީރީޒް އެއްކަން އިނގޭނެ،" ކާމިޔާބު ޓިވީ ޑްރާމާ ތަކެއް ގެނެސްދީފައިވާ ނަހޫ ބުންޏެވެ.

"ހުވާ"ގެ މަންޒަރުތައް ނަގާފައިވަނީ ކ.ގުރައިދޫގެ އިތުރުން މާލެ އަދި ވިލިމާލޭގައެވެ. މިހާރު ޕޯސްޓު ޕްރޮޑަކްޝަންގެ މަސައްކަތް ބާރަށް ކުރިޔަށް ދާއިރު ޑަބިންނާއި އެޑިޓިން ވެސް ދަނީ ކުރިޔަށެވެ. އެ ސިރީޒް އެޑިޓް ކުރަނީ ޔޫސުފް ޝަފީއު(ޔޫއްޕެ) އާއި މުހައްމަދު ފައިސަލް އަދި ނަހޫއެވެ.

އަލަށް ތައާރަފްކުރާ އެޕްލިކޭޝަން "ބައިސްކޯފު"---

ނަހޫ އާއި ފައިސަލް ޑައިރެކްޓްކުރާ "ހުވާ"އަކީ ބޮޑު ބަޖެޓަކާއެކު ބޮޑު ކާސްޓެއް ވެސް ބައިވެރިކޮށްގެން ހަދާފައިވާ ސީރީޒެކެވެ.

"ބައިސްކޯފު" އެޕް ލޯންޗުކުރާތާ ފަނަރަ ވަރަކަށް ދުވަހުގެ ތެރޭގައި "ހުވާ" ދައްކަން ފަށާނެ ކަމަށް ނަހޫ ބުންޏެވެ.

"ބައިސްކޯފު" އެޕު ވާނީ ރާއްޖޭގައި އަލަށް އުފެދޭ "މަލްޓި އެންޓަޓެއިން" އެޕްލިކޭޝަނަށެވެ. އެ އެޕުން ދިވެހި ލަވައިން ފެށިގެން ގޮސް ޓީވީ ޗެނަލްތައް ލައިވްކޮށް ވެސް ބަލާލެވޭނެއެވެ.

ވާހަކަ، ދިވެހި ޑްރާމާ، ދިވެހި ފިލްމު، ކުޑަކުދިންނަށް ހާއްސަ ކެޓަގަރީއެއް އެއްވެސް އެ އެޕްގައި ހިމެނޭއިރު "ބައިސްކޯފު"ގެ ޓީމުން ވެސް އަންނީ ލޯންޗުކުރާ ހަފްލާއަށް ވަރަށް ބޮޑަށް ތައްޔާރު ވަމުންނެވެ.

"ހުވާ" ގެ ޕޯސްޓަރެއްގައި ޔޫއްޕެ...

މިއަހަރުގެ ފިލްމު އެވޯޑަށް އިންތިޒާރު ކުރަމުން ދިޔަ މީހުން އެއްގޮތަކަށް ވެސް އެވޯޑު ކެންސަލް ވީމައި ދެރަވެ ހާސްވާނެ ކަމެއް ނެތެވެ. އަންނަ ހޯމަ ދުވަހުގެ ރޭ އެއަށް ވުރެއް ހާއްސަ ވާނެއެވެ. ފިލްމީ ދާއިރާގެ އިސްފަރާތް ތަކާއި މުނިފޫހިފިލުވަައި ދިނުމުގެ ދާއިރާގައި އުޅޭ ގިނަ ފަރާތްތައް ރެޑް ކާޕެޓް މަތިން ފެންނާނެއެވެ.

comment ކޮމެންޓް