ހަމަނިދި ނުލިބިގެން އުޅޭ ސަބަބަކީ މިއީކަމަށްވެސް ވެދާނެ!

ކުރިއަށް އޮތް ދުވަހުގެ މަސައްކަތް ރަނގަޅަށް ކުރިއަށް ގެންދިއުމަށް ރޭގަނޑުގެ ނިންޖަކީ ވަރަށް މުހިއްމު އެއްޗެކެވެ. ހާއްސަކޮށް މަދުވެގެން އަށް ގަޑިއިރުގެ ނިންޖަކީ މަސައްކަތުގައި އުޅޭއިރު ވަރުބަލިކަމުން ދުރުކޮށްދޭނެ މީހާ ތާޒާކަން މަތީ ބަހައްޓާނެ ކަމެކެވެ.

އެކަމަކު އަށް ގަޑިއިރުގެ ނިދި ހަމަކުރުމަކީ މަދުމީހަކަށް ނޫނީ ކުރެވޭ ކަމެއް ނޫނެވެ. ނިދި ހަމަ ނުވާ އެކި ސަބަބުތައް އެބަހުއްޓެވެ. ނަފްސާނީ ގޮތުން މީހާއަށް ދިމާވާ ކަންތަކާ ނިންޖާ އަޅާކިޔައެވެ. އެކަމަކު ފަހުގެ ހޯދުންތަކަށް ބަލާއިރު ރަނގަޅަށް ފެން ނުބުއިން ނުވަތަ ޑީ ހައިޑްރޭޓް ވުމަކީ ނިންޖަށް ބުރޫ އަރާ ކަމެކެވެ.

ވިހި ހާހަށްވުރެ ގިނަ މީހުން ބައިވެރިކޮށްގެން ކުރިއަށް ގެންގޮސްފައިވާ ދިރާސާގައި އެމީހުންގެ ކުޑަކަމުދާ ތަކެއްޗާއި ނިދުމުގެ ޝެޑިއުލް ވަނީ އެނެލައިޒް ކޮށްފައެވެ.

އެންމެ ހަ ގަޑިއިރު ނުވަތަ އެއަށްވުރެ މަދުން ނިދާމީހުންނަކީ ހަށިގަނޑު ހައިޑްރޭޓްކޮށް ނުބަހައްޓާ ހޯމޯނަލް އިމްބެލެސް ހުރި މީހުން ކަމަށް އެ ދިރާސާގައި ވަނީ ފާހަގަވެފައެވެ.

ހަށިގަނޑު ހައިޑްރޭޓް ކުރުމަށް ދުވާލު ގަޑީ ދިޔާ އެއްޗެހި ބުއިން ގިނަކުރެވިދާނެއެވެ. މީގެ ތެރެއިން ކެފެއިން އެކުލެވޭ ބުއިންތައް ބޭނުން ކުރުން މަދުކުރަން ޖެހެއެވެ.

މަދުވެގެން ދުވާލަކު ދެ ލީޓަރު ފެން ބުއިމަށް އާދަކުރާށެވެ. އެއީ ނިދި ހަމަވުމަށް އެހީއަކަށް ވުމުގެ އިތުރުން ސިއްހަތަށް ވެސް ފައިދާވާނެ ކަމެކެވެ.

comment ކޮމެންޓް