ތިނަދޫ ޕޮލިސް ސްޓޭޝަންގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ފުޅި ނައްތާލައިފި

ގދ.ތިނަދޫގައި ނައްތާލި ބަނގުރާ ފުޅިތައް -- ފޮޓޯ ފުލުހުން

ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ފުޅިތަކެއް ނައްތާލައިފި އެވެ.

ތިނަދޫ ޕޮލިސް ސްޓޭޝަންގައި އިއްޔެ ނައްތާލީ، ފާއިތުވި ހަތަރު މަސްތެރޭގައި އެކި މައްސަލަތަކުގައި އެސްޓޭޝަންގެ ބެލުމުގެ ދަށަށް ގެނެވުނު ބަނގުރާ ފުޅިތަކެވެ.

އެގޮތުން 323 ފުޅި ބަނގުރަލާއި އެއް ބިޔަރު ދަޅު ވަނީ ނައްތާލާފަ އެވެ.

މި ބަނގުރާފުޅިތައް ނާއްތާލައިފައި ވަނީ ބަނގުރަލުގެ މައްސަލަތަކާއި ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށް ފުލުހުން މައުލޫމަތު ދެއެވެ.

އިއްޔެ ތިނަދޫގައި ހުރި ބަނގުރާ ފުޅިތައް ނައްތާލިއިރު، އެކިއެކި މައްސަލަތަކާއި ގުޅިގެން ރ. އުނގޫފާރު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ފުޅިތައްވެސް ވަނީ ނައްތާލާފައެވެ.

ރ. އުނގޫފާރު ޕޮލިސް ސްޓޭޝަން އިން މިއަދު ނައްތާލި ބަނގުރާ ފުޅިތައް -- ފޮޓޯ ފުލުހުން

އެގޮތުން އެސްޓޭޝަންގައި މިއަދު ނައްތާލާފައިވަނީ، 41 ފުޅި ބަނގުރަލާއި 29 ބިޔަރު ދަޅެވެ. މި ތަކެއްޗަކީ ފައިތުވީ ފަސް މަސްދުވަހު، ރ. އިފުރުގައި ޤާއިމްކޮށްފައިވާ އިފުރު ޑޮމެސްޓިކް އެއާ ޕޯޓަށް ފުރަންދާ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފައިވާ ތަކެއްޗެވެ.

މި ބަނގުރާފުޅިތައްވެސް ނާއްތާލައިފައިވަނީ ބަނގުރަލުގެ މައްސަލަތަކާއި ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް