69 އަހަރުގެ މީހަކު 20 އަަހަރު ހަގުކުރަން ކޯޓަށް ހުށަހަޅައިފި

އެމިލް ރެޓެލްބޭންޑް. އެމިލް ބޭނުންވަނީ އޭނާގެ އުމުރު ބަދަލުކުރަން--

އުމުރުން 69 އަހަރުގެ މީހަކު 20 އަހަރު ހަގު ކަމުގައި ކަނޑައަޅަން ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

ނެދަލޭންޑްސްއަށް އުފަން އެމިލް ރެޓަލްބޭންޑް ވަނީ އޭނާގެ ޕާސްޕޯޓްގައި އޮންނަ އުފަންތާރީހް ބަދަލުކުރަން ހުށަހަޅައިފަ އެވެ. ޕާސްޕޯޓްގައި އޭނާގެ އުފަން ތާރީހެއް ކަަމަށް އޮންނަނީ 1949 އެކެވެެ. ނަމަވެސް އޭނާ ބޭނުން ވަނީ އެ ތާރީހް 1969 އަކަށް ބަދަލުކުރާށެވެ.

އެމިލް ބުނީ އޭނާ ކިތަންމެ އުމުރުން ދޮށިނަމަވެސް އަސްލު އޭނާ ވަރަށް ޒުވާން ކަމަށެވެ. އަދި ބުނީ އޭނާގެ އުމުރު ބަދަލުކޮށްފި ނަމަ އޭނާއަށް ވަޒީފާގެ ފުރުސަތުތައް ފަހިވެ ޓިންޑާ ފަދަ މީސް މީޑިއާތަކުގައި އަންހެން ކުދިން ލިބޭނެ ކަމަށެވެ.

"މިހާރު މީހާގެ ޖިންސް ބަދަލުކުރެވޭ. ނަން ބަދަލުކުރެވޭ. ކީއްވެ އުމުރު ބަދަލުނުކުރެވޭންވީ ވަކި.؟" އެމިލް ބުންޏެވެ.

އެމިލް ބުނީ އޭނާގެ އުމުރު މަތިވުމުގެ ސަބަބުން އޭނާއަށް ވަޒީފާތައް ހޯދުމުގައި ދަތިވާ ކަމަށެވެ. އަދި ވަޒީފާ ލިބުނަސް ކުންފުނިތަކުގެ މުވައްޒިފުން އޭނާއާ ދޭތެރޭ ދެކޭގޮތް ވެސް ތަފާތު ވާނެ ކަމަށެވެ.

"އަހަރެންގެ އުމުރުން 49 އަހަރު ނަމަ އަހަންނަށް ގެއެއް ގަނެވޭނެ. އަހަންނަށް އެހެނިހެން މަސައްކަތް ކުރެވޭނެ. ޓިންޑާގައި އަހަރެންގެ އުމުރު 69 ޖަހާފައި އިނީމާ އަންހެނުން އަހަންނަށް ސަމާލުކަމެއް ނުދޭ." އޭނާ ބުންޏެވެ.

އެމިލް ކޯޓަށް ހުށަހެޅި މައްސަލަ މަހެއްގެ ތެރޭ ބަލައި އެކަމާ މެދު ގޮތެއް ނިންމުމެއް ވަނީ ހަމަޖެހިފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު