އަންނަ މަހުން ފެށިގެން ތައިލެންޑަށް ދާ ދިވެހީންނަށް ހިލޭ ވިސާ

ތައިލެންޑްގެ ޕަތާޔާ ސިޓީގެ މަންޒަރެއް --

އަންނަ މަހުގެ އެކަކުން ޖެނުއަރީ މަހުގެ ނިޔަލަށް ތައިލެންޑަށް ޒިޔާރަތްކުރާ ދިވެހިންނަށް ހިލޭ ވިސާ ދޭން ނިންމައިފިއެވެ.

ރާއްޖޭގެ އިތުރުން ތައިލެންޑަށް ޒިޔާރަތްކުރާ އިތުރު 20 ގައުމަކަށްވެސް މި މުއްދަތުގައި ވިސާ ހިލޭ ދޭންވަނީ ނިންމައިފައެވެ. މިއީ ތައިލެންޑުގެ ފަތުރުވެރިކަމުގެ ސިނާއަތް ރަނގަޅު ކުރުމަށް ކުރިއަށް އޮތް ޗުއްޓީ ސީޒަނާ ދިމާކޮށް އެގައުމުގެ ކެބިނެޓުން އެޅި ފިޔަވަޅެކެވެ.

ވިސާ ހިލޭ ކުރި ގައުމުތަކުގެ ތެރޭގައި އިންޑިއާ، ސައުދީ އަރަބިއާ، ޗައިނާ، ބޫޓާން، ޔޫކްރެއިން ފަދަ ގައުމުތައް ހިމެނެއެވެ.

ހިލޭ ވިސާ ހަމަޖެއްސި ގައުމުތަކަކީ މީގެ ކުރިން އޮން އެރައިވަލް ވިސާ ދޭ ގައުމުތަކެވެ.

ވިސާ އަށް މިހާރު ދައްކަން ޖެހޭ 60 ޑޮލަރު ދައްކަން ނުޖެހި، ހިލޭ ވިސާ ލިބޭނީ 15 ދުވަހަށް ވުރެ ދިގު ނުވާ ގޮތަށް އެ ގައުމަށް ދަތުރު ކުރާ މީހުންނަށެވެ.

comment ކޮމެންޓް