ބޮއެންގެ 737 ބޯޓުތަކުގައި މައްސަލަ އުޅޭތީ ސަމާލުވުމަށް ގޮވާލައިފި

އިންޑޮނޭޝިޔާގެ ލަޔަން އެއާލައިން އޮޕަރޭޓް ކުރާ ބޯއިންގެ 737 މަރުކާގެ ބޯޓެއް ވެއްޓިގެން ތަހުގީގު ކަރަނީ --

ދާދި ފަހުން އިންޑޮނީޝިއާގެ މަތިންދާބޯޓެއް ވެއްޓި، އެ ބޯޓުން ދަތުރު ކުރި 189 މީހުން މަރުވި ހާދިސާއަށް ފަހު، ބޯއިންގެ 737 މަރުކާގެ ބޯޓުތަކުގައި މައްސަލަ އުޅޭތީ ސަމާލުވުމަށް އެ ބޯޓު ދުއްވާ އެއާލައިންއަށް ބޮއެން ކުންފުނިން ގޮވަލާއިފި އެވެ.

ބޮއެންއިން ބުނީ އެ މަރުކާގެ ބޯޓުތަކުގައި "ސެންސަރީ" މައްސަލައަށް އުޅޭ ކަމަށާއި އަދި އެފަދަ މައްސަލައެއް ދިމާވެއްޖެ ނަމަ އަމަލުކުރާނެ ގޮތުގެ އިރުޝާދުތައް، އެއާލައިންތަކަށް މިހާރު ވަނީ ފޮނުވައިފަ އެވެ.

އިންޑޮނީޝިއާގެ ބޯޓު ވެއްޓުނު ހާދިސާ ތަހުގީގް ކުރި ޓީމަށް މިހާރު ވަނީ އެ ބޯޓު ވެއްޓެން ދިމާވި ސަބަބު ހޯދައިފަ އެވެ. އެ ޓީމުން ބުނީ ފްލައިޓްގެ ސެންސަރުގައި މައްސަލަ ޖެހި، "އޭންގަލް އޮފް އެޓޭކް" އޮޅިފައިވާ ކަމަށެވެ. އޭންގަލް އޮފް އެޓޭކް އަކީ ބޯޓުގެ ފިޔަގަނޑައި ވައިގެ ސަބަބުން ބޯޓަށް އަންނަ ބާރު ރަމްޒުކޮށްދޭ އޭންގަލްއެކެެވެ.

އޭންގަލް އެޮފް އެޓޭކް---

އާންމުކޮށް ބޯޓު މައްޗަށް އަރަމުންދާއިރު އޭންގަލް އޮފް އެޓޭކް ދާނީ މަތިވަމުންނެވެ. ނަމަވެސް އެ އޭންގަލް މާ މަތިވެއްޖެ ނަމަ ބޯޓު ކުއްލިއަކަށް ތިރިވެދާނެ އެވެ.

އިންޑޮނީޝިއާގެ ބޯޓު ވެއްޓުނު ހާދިސާ ތަހުގީގް ކުރި ޓީމުން ބުނީ އޭންގަލް އޮފް އެޓޭކް ބުނެދޭ ސެންސަރުގައި މައްސަލަ ޖެހި އެހެން ގޯސްތައް ހެދިފައިވާ ކަމަށެވެ.

ސެންސަރީގައި މައްސަލަ ޖެހި އޮޅިގެން އޭންގަލް އޮފް އެޓޭކްގައި މައްސަލަ އުޅޭކަމަށް ބުނެފި ނަމަ، ބޯޓުގައި އިންނަ އޮޓޯ ސިސްޓަމް އިން ބޯޓު ކުއްލިއަކަށް ތިރިކޮށްލަ އެވެ. އަދި އެ ފަދަ ހާލަތްތަކުގައި ޕައިލެޓުންނަށް ބޯޓު ކޮންޓްރޯލް ކުރަން ވަރަށް ބޮޑަށް އުނދަގޫވެ އެވެ.

"ބޯޓުގެ ކުރީކޮޅު މާބޮޑަށް ތިިރިވެއްޖެ ނަމަ ކްރޫއިން އަށް ވަރަށް އުނދަގޫވާނެ. އެެހެންވިޔަ ނުދީ ހިފެހެއްޓުމަކީ ވަރަށް ވެސް ބުރަ މަސައްކަތެއް. ހާއްސަކޮށް އެފަދަ ހާލަތަކުގައި ކްރޫއިންނަށް ހަދާނެގޮތެއް ނޭނގިދާނެ." ބޮއިންއިން ބުންޏެވެ.

comment ކޮމެންޓް