ފޭސްބުކްގެ އަންސެންޑް ފީޗާ އިން ދެނީ އެންމެ 10 މިނެޓު

ގިނަ މެސެޖިން އެޕްލިކޭޝަންތަކުން ފޮނުވާ މެސެޖު ފޮނުވުމަށްފަހު ޑިލީޑް ކުރެވޭ ފީޗާ މިހާރު ބޭނުން ކުރެއެވެ. ވައިބާ، ޓެލެގްރާމު ފަދަ އެޕްލިކޭޝަންތަކުގައި މި ފީޗާ ބޭނުންކުރާތާ ލައްކަ ދުވަސް ވެއްޖެއެވެ.

ފޭސްބުކް މެސެންޖާ އިން މި ފީޗާ ޓެސްޓު ކުރަން ފަށާފައިވަނީ އަންސެންޑް ގެ ގޮތުގައެވެ. ފޮނުވި މެސެޖު އަނބުރާ ގެނައުމަށް ތައާރަފުކުރި މި ފީޗާ މިހާރު ޓެސްޓުކުރަން ފަށާފައިވާއިރު މެސެޖު ޑިލީޓު ކުރަން ބޭނުންނަމަ 10 މިނެޓު ތެރޭ އަންސެންޑު ކުރަންޖެހެއެވެ. އެހެން ނޫނީ އެ މެސެޖު ލިބޭ މީހާ އަށް ޑިލީޓު ކުރުމަކީ މެސެޖު ފޮނުވި މީހާ އަށް ކުރެވޭނެ ކަމެއް ނޫނެވެ.

ފޭސްބުކް މެސެންޖާ އިމް ފޮނުވާ މެސެޖު ޑިލީޓުކުރަން 10 މިނެޓު ދޭއިރު ފޭސްބުކް އިން ބަލަހައްޓާ ވަޓްސް އެޕް އިން ފޮނުވާ މެސެޖު ޑިލީޓުކުރަން އެއް ގަޑިއިރު ލިބެއެވެ.

މި ފީޗާ ޓެސްޓު ކުރަން ފަށާފައި މިވަނީ ފޭސްބުކްގެ ސީއީއޯ މާކް ޒަކަބާގް މީގެ ކުރިން ފޮނުވާފައި ހުރި މެސެޖުތަކެއް ޑިލީޓްކޮށްލާފައިވަނެ ކަމަށް އެ ކުންފުނިން ބުނެފައިވަނިކޮށެވެ.

comment ކޮމެންޓް