ޑަންކޭން ހައިން ބްރޭންޑްގެ ބައެއް ކޭކް މިކްސް ބޭނުންނުކުރުމަށް އަންގައިފި

މަނާކުރި ޑަންކެން ހައިންސް ބްރޭންޑްގެ ބައެއް ކޭކް މިކްސް ---

ރާއްޖެ އެތެރެކުރާ ޑަންކެން ހައިން ބްރޭންޑްގެ ކޭކް މިކްސް ބޭނުންނުކުރުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ)އިން އިލްތިމާސްކޮށްފި އެވެ.

އެ އޮތޯރިޓީން މިއަދު ނެރުނު ބަޔާނުގައި ބުނީ އެމެރިކާގެ ފުޑް އެންޑް ޑްރަގް އަދި ކޮމިޔުނިކެބަލް ޑިޒީސް ކޮންޓްރޯލްއިން "ސަލްމޮނެއްލާ ޖަރާސީމު" ފެތުރިގެން އުޅޭތީ ތަހުގީގް ކުރަމުންގެންދާ ކަމަށެވެ. އަދި އެ ޖަރާސީމް ފެތުރިގެން އުޅެނީ ޑަންކެން ހައިންސް ބްރޭންޑްގެ ބައެއް ކޭކް މިކްސްއިން ކަމަށް އެނގިފައިވާ ކަމަށް އެފްޑީއޭއިން ބުންޏެވެ.

އެގޮތުން ހަތަރު ވައްތަރެެއްގެ ޑަންކެން ހައިންސް ބްރޭންޑްގެ ކޭކް މިކްސް ބޭނުންނުކުރުމަށް އެފްޑީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ. އޭގެ ތެރޭގައި

  • ޑަންކެން ހައިންސް ކްލޭސިކް ވައިޓް ކޭކް
  • ޑަންކެން ހައިންސް ކްލޭސިކް ޔެލޯ ކޭކް
  • ޑަންކެން ހައިންސް ބަޓާ ގޯލްޑަން ކޭކް
  • ޑަންކެން ހައިންސް ސިގްނޭޗާ ކޮންފެޓީ ކޭކް

އެފްޑީއޭއިން ބުނީ އެވައްތަރުގެ އެއްވެސް ކޭކް މިކްސްއެެއް ރާއްޖެއަށް އެތެރެކޮށް ވިއްކުމަކީ މިހާރު މަނާ ކަމެއް ކަމަށެވެ. އަދި ރާއްޖެއަށް އެތެރެކޮށްފައި ހުރި އެ ވައްތަރުގެ ކޭކް މިކްސް ބޭނުންނުކުރުމަށް ވެސް އެފްޑީއޭ އިން ވަނީ ބުނެފަ އެވެ.

"މި އުފެއްދުންތައް ވިއްކަންހުރިކަން ފާހަގަ ވެއްޖެ ނަމަ މި އޮތޯރިޓީގެ ނަންބަރު 3014361 ފޯނަށް ގުޅައި މައުލޫމާތި ހިއްސާކުރެއްވުން އެދެމެވެ." އެފްޑީއޭގެ ބަޔާނުގައިވެ އެވެ.

comment ކޮމެންޓް