އީސްޕޯޓްސް ވޯލްޑް ޗެމްޕިއަންޝިޕަށް ހިސާން ޓައިވާނަށް ފުރައިފި

އީޕޯޓްސް ވޯލްޑް ޗެމްޕިއަންޝިޕްގެ ޓެކަން ކެޓަގަރީގައި ރާއްޖެ ތަމްސީލު ކުރާ ދިވެހި އެތްލީޓު ހަސަން ހިސާން އަހްމަދު---

ނޮވެމްބަރު އަށަކުން 11 އަށް ޓައިވާނުގެ ކައުސިއުންގުގައި ބާއްވާ އީސްޕޯޓްސް ވޯލްޑް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލުކުރާ ދިވެހި އެތުލީޓު މިއަދު ޓައިވާނަށް ފުރައިފިއެވެ.

މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރާނީ ހަސަން ހިސާން އަހްމަދެވެ. އޭނާ ރާއްޖެ ތަމްސީލުކުރާނީ ޓެކަން ކެޓަގަރީއިންނެވެ. ހިސާންއަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ މޮޅު ޓެކަން ކުޅުންތެރިޔާއެވެ. މި އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕަކީ އޭނާ ބައިވެރިވާ ފުރަތަމަ ބައިނަލްއަގްވާމީ މުބާރާތެވެ.

ހިސާން ވަނީ މޯލްޑިވްސް އީސްޕޯޓްސް އެސޯސިއޭޝަން (މީސާ) އިން އންތިޒާމުކޮށްގެން، ޓެކަން ކެޓަގަރީގެ އީސްޕޯޓްސް ގައުމީ އެތުލީޓު ހޮވުމަށް ބޭއްވި "އީސީއެސް 2017" މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. އަދި އޭގެފަހުން މާލޭގައި އާންމުންނަށް ހުޅުވާލާއިގެން ބޭއްވި ޓެކަން މުބާރާތަކުންވެސް އޭނާ ވަނީ ޗެމްޕިއަންކަން ހޯދާފައެވެ.

އީޕޯޓްސް ވޯލްޑް ޗެމްޕިއަންޝިޕްގެ ޓެކަން ކެޓަގަރީގައި ރާއްޖެ ތަމްސީލު ކުރާ ދިވެހި އެތްލީޓު ހަސަން ހިސާން އަހްމަދު---

މީގެ ކުރީގެ އަހަރުތަކުގައި ޓެކަން ކެޓަގަރީގައި ރާއްޖެ ތަމްސީލުކޮއްދީފައި ވަނީ މިހާރު ރިޓަޔާ ކޮށްފައިވާ ޝިބާން އައްބާސްއެވެ. ޝިބާން ވަނީ 2013 ވަނަ އަހަރު ޓެކަންގެ ދުނިޔޭގެ ގަދަ 16ގައި ވާދަކޮށްފައެވެ.

ހިސާންގެ ފުރަތަމަ މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރު ނުވައެއް ވާ ހުކުރު ދުވަހުއެވެ. ރާއްޖޭގެ ގުރޫޕުގައި ހިމެނިފައިވަނީ ރާއްޖޭގެ އިތުރުން ޖަޕާން، ވިއެޓްނާމް އަދި އިންޑޮނީޝިއާއެވެ.

އީސްޕޯޓްސް ވޯލްޑް ޗެމްޕިއަންޝިޕަކީ އިންޓަނޭޝަނަލް އީސްޕޯޓްސް ފެޑަރޭޝަނުން އިންތިޒާމުކޮއްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މުބާރާތެކެވެ. މިހާތަނަށް ރާއްޖެއިން ވަނީ 5 އަހަރު މިމުބާރާތުގައި ބައިވެރިވެފައެވެ. މުބާރާތުގައި ރާއްޖެ އެންމެ ދުރަށް ގޮސްފައި ވަނީ ފީފާއިންނެވެ. އެ ފަހަރު ފީފާގެ ކުއާޓާފައިނަލާއި ހަމައަށް އަބްދުاللّٰه އާސިފް މުސްތަފާ ވަނީ ދަތުރުކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް