އާލިއާ ބުނީ ރަންބީރަކީ އެންމެ "ޕާފެކްޓް" ކަމަށް!

އާލިއާ ބަޓާއި ރަންބީރު ކަޕޫރުގެ ލޯބީގެ ގުޅުމަކީ މިހާރު ސިއްރެއް--

ބޮލީވުޑްގެ ޒުވާން، ހުނަރުވެރި ދެ އެކްޓަރުން ކަމުގައިވާ އާލިއާ ބަޓް އަދި ރަންބީރު ކަޕޫރުގެ ލޯބީގެ ގުޅުމަކީ މިހާރު ސިއްރެއް ނޫނެވެ. ނަމަވެސް ދެ ފަންނާނުން ވެސް އެ ގުޅުމާ ބެހޭގޮތުން މާގިނަ ވާހަކައެއް ނުދައްކައެވެ.

ވޯގް މަޖައްލާއަށް ދިން އިންޓަވިއުއެއްގައި އާލިއާ މިވަނީ އެކަމުގެ ސަބަބު ހާމަކޮށްފައެވެ. އާލިއާ ބުނީ އަމިއްލަ ދިރިއުޅުމުގެ ވާހަކަ ނުދައްކަނީ އޭނާގެ މަސައްކަތަށް އެކަމުން ނޭދެވޭ އަސަރުކޮށްފާނެ ކަމުގެ ބިރު ހީވާތީ ކަމަށެވެ. އަދި މަސައްކަތަށް ވުރެ އޭނާގެ އަމިއްލަ ދިރިއުޅުމަށް މީހުންގެ ސަމާލުކަން ލިބެން ބޭނުން ނުވާތީ ކަމަށެވެ.

ނަމަވެސް އާލިއާ ވަނީ މިފަހަރު ލޯބީގެ ގުޅުމުގެ ވާހަކަ ކޮންމެސް ވަރަކަށް ދައްކައިފައެވެ.

އާލިއާ ބުނީ މިހާރު އެންމެ "ޕާފެކްޓް" މީހާ ލިބިފައިވާ ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި ލޯބިވެވުމުގެ ސަބަބުން ދިރިއުޅުން ވަރަށް ބޮޑަށް އުފާވެރިވެ، މުޅިން އެހެން ކުލަތަކެއް ޖެހެމުން އަންނަ ކަމަށެވެ. އަދި ލޯބީގެ ސަބަބުން އާލިއާއަށް ވެސް ވަރަށް ރަނގަޅު ބަދަލުތަކެއް އަތުވެއްޖެ ކަމަށާއި މިހާރު އަބަދުވެސް އުފަލުން ހުންނަ ކަމަށް އާލިއާ ބުންޏެވެ.

އެކްޓަރުންނަކީ އަބަދުވެސް ކުރާ ކޮންމެ ކަމެއްގައި ވެސް މީހުންގެ ފާޑުކިޔުން އަމާޒުވާ ބައެއްކަން ފާހަގަކޮށް އާލިއާ ބުނީ މީހަކު އޭނާ ކުރާ މަސައްކަތަށް ފާޑުކިޔާނަމަ އެކަމުގެ ނޭދެވޭ އަސަރު ކުރާ ކަމަށެވެ.

"އަހަންނަށް އެކްޓު ކުރެވޭނީ ކޮންމެސް އެއް ކެމެރާ އެއްގެ ކުރިމަތީގައި،" އާލިއާ ބުންޏެވެ.

comment ކޮމެންޓް