350 ކުދިންނާ އެކު ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް ބާއްވައިފި

ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް: ނޮވެންބަރު5ގައި ދިރާގުން ކުރިޔަށް ގެންދިޔަ ހަރަކާތުގެ ތެއިން -- ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަކޮށްގެން ދިރާގުން ބާއްވަމުން އަންނަ "ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް" މިއަހަރު ވެސް ކާމިޔާބު ކަމާ އެކު ބާއްވައިފި އެވެ.

ހެންވޭރު ދަނޑުގައި އިއްޔެ ހަވީރު ބޭއްވި ސްޕޯޓްސް ފެސްޓިވަލްގައި 350 އަށް ވުރެ ގިނަ ކުދިން ބައިވެރިވި އެވެ.

މި ފެސްޓިވަލް އެންމެ ފުރަތަމަ ބޭއްވި އިރު ބައިވެރިވީ އެންމެ 17 ކުދިންނެވެ.

ދިރާގުން ބުނި ގޮތުގައި މިފަހަރުގެ ފެސްޓިވަލް އަކީ މިހާތަނަށް އެންމެ ބޮޑު ތަރިހީބެއް ލިބުނު ފެސްޓިވަލް އެވެ.

މި ފަހަރުގެ ފެސްޓިވަލުގައި މާލޭގެ 11 ސްކޫލަކާއި ހަތަރު އެންޖީއޯއެއް ބައިވެރިވެފައިވާ ކަމަށް ދިރާގުން ބުންޏެވެ. މި އަހަރުގެ ފެސްޓިވަލުގައި ދިރާގާ ބައިވެރިވި ޖަމިއްޔާތަކަކީ މޯލްޑިވްސް އެސޯސިއޭޝަން ފޮ ފިސިކަލް ޑިސޭބަލްސް (އެމްއޭޕީޑީ)، ބިއުޓިފުލް އައިސް ޑައުން ސިންޑްރޯމް، ކެއާ ސޮސައިޓީ، އަދި މޯލްޑިވްސް އޯޓިސިމް އެސޯސިއޭޝަން (އެމްއޭއޭ) އެވެ. ދިރާގުން ބުނީ ފެސްޓިވަލްގެ ކުޅިވަރުތަކަކީ ސްކޫލްތަކާއި އެންޖީއޯތަކާއި މަޝްވަރާކުރުމަށް ފަހު ކަނޑައެޅި ކުޅިވަރުތަކެއް ކަމަށެވެ.

ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް: 5 ނޮވެންބަރުގައި ދިރާގުން ކުރިޔަށް ގެންދިޔަ ހަރަކާތުގެ ތެއިން -- ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސްދިރާގުގެ ފަރާތުން މިފަހަރު ފެސްޓިވަލްގައި ހާއްސަ ކުޅިވަރެއް ވަނީ ތައާރަފް ކޮށްފަ އެވެ. އެ ކުޅިވަރަކީ ބައިިނަލްއަގްވާމީ ޕެރައޮލިމްޕިކްސްގައި ބާއްވަމުން އަންނަ "ބޮޝިއާ"އެވެ.

ދިރާގު ސްޕޯޓްސް ފެސްޓިވަލް ބޭއްވުމުގެ ކުރިން އެ ފެސްޓިވަލްގެ ޕްރީ އިވެންޓެއް ވެސް ދިރާގުން ވަނީ ބާއްވައިފަ އެވެ. އެ އިވެންޓުގައި ކުރިއަށް ގެންދިޔައީ އެކި އުމުރުފުރައިގެ ކުދިންނަށް ހާއްސަ ރޭސްތަކެކެވެ.

ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް: 5 ނޮވެންބަރުގައި ދިރާގުން ކުރިޔަށް ގެންދިޔަ ހަރަކާތުގެ ތެއިން -- ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

ދިރާގުން ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް ބާއްވަން ފެއްޓީ 2011 ވަނަ އަހަރު އެވެ. އެ ފެސްޓިވަލަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހެން މީހުންނެކޭ އެއްފަދައިން ކުޅިވަރު ހަރަކާތްތަކުގައި ބައިވެރިވެ ހަރަކާތްތެރިވެ އުޅެވޭނެ ފަދަ މާހައުލެއް ފޯރުކޮށްދިނުމެވެ.

comment ކޮމެންޓް