އެމެރިކާއިން މެންޑްރިން ޑަކް ފެނި އެތައް ބަޔަކަށް ހައިރާންކަން

މެންޑްރިން ޑަކް ސެންޓްރަލް ޕާކުގައި ---

އާންމުކޮށް މިއީ އީސްޓް އޭޝިއާގެ ގައުމުތަކުން ފެންނަ ދޫންޏެކެވެ. ރީތި ކުލަތަކެއް އަރާ އަސްދޫނި އާއިލާގެ މި ދޫންޏަށް ދީފައިވާ ނަމަކީ މެންޑްރިން ޑަކް އެވެ.

އޮރެންޖު ކުލަ އާއި ގަދަ ދަނބުކުލަ، ހޮޓް ޕިންކް އަދި ރީތި ފެހި ކުލައެއް އެކުލެވޭ މެންޑްރިން ޑަކް މިފަހަރު ޗައިނާ އާއި ޖަޕާނު ދޫކޮށް ފެނިފައިމިވަނީ އެމެރިކާ އިންނެވެ.

މެންޑްރިން ޑަކް ސެންޓްރަލް ޕާކުގައި ---

އެމެރިކާގެ ނިއުޔޯކްސިޓީގެ ސެންޓްރަލް ޕާކުން މި އަސްދޫނި ފާހަގަވީ މިދިޔަމަހުގެ 10 ވަނަ ދުވަހުއެވެ. މި ދޫނީގެ ފޮޓޯ އާއި ވީޑިއީތައް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު، އެންމެ ބޮޑު ހަައިރާންކަމެއް ލިބިފައިވާ ކަމަކީ އެމެރިކާ އިން މި ދޫނި ފެނުމެވެ.

ގިނަ ބަޔަކު ޕެޓެއްގެ ގޮތުގައި މި ދޫނި ގެންދަން ބޭނުންވެގެންވެސް އުޅޭކަމަށާއި އެކަމަކު ޕެޓުގެ ގޮތުގައި އަސްދޫނި ގެންގުޅުން ނިއުޔޯކުގައި ހުއްދަ ނޫންކަމަށް ރިޕޯޓުތައް ބުނެއެވެ.

މެންޑްރިން ޑަކް ސެންޓްރަލް ޕާކުގައި ---

މި އަސްދޫނި ފަހުން މަގުމަތިންވެސް ފެނިފައިވާއިރު އަސްދޫނި ނިއުޔޯކަށް އައިސްފައިވަނީ ކިހިނެއްތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އަސްދޫނި ބަލައިލަން ގިނަ ބަޔަކު ދަނީ ސެންޓްރަލް ޕާކަށް ޒިޔާރަތްކުރަމުންނެވެ.

comment ކޮމެންޓް