އުރީދޫއާ ތެެލެސީމިއާ ސޮސައިޓީ ގުޅިގެން ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ބާއްވަނީ

އުރީދޫ ކަލާ ރަން އިންތިޒާމް ކުރުމުގެ ހަރަކާތެއްގެ ތެރެއިން --- ފޮޓޯ: އުރީދޫ

މިމަހު 23 ވަނަ ދުވަހު އުރީދޫއިން ބާއްވާ "އުރީދޫ ކަލާ ރަން 2018" ގެ ޗެރިޓީ ޕާޓްނާޝިޕްގެ ގޮތުގައި މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީގެ ގޮތުގައި ހަމަޖައްސައި، ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

އުރީދޫއިން ބުނީ އެ ކޭމްޕް އޮންނާނީ މިމަހު 12 ވަނަ ދުވަހު ތެލެސީމިއާ ސެންޓަރުގައި ކަަމަށެވެ.

މިއީ ތެލެސީމިއާ ޕޭޝަންޓުންނަށް ބޭނުންވާ ލޭ ހޯދުމުގެ އިތުރުން، އާދަކޮށް ލޭ ހަދިޔާ ކުރައްވާ ބޭފުޅުންގެ ޑޭޓާބޭސްއަށް އިތުރު ބައިވެރިން ހޯދައި، ތެލެސީމިއާ އާއި ބެހޭ މައުލޫމާތު ފޯރުކޮށްދިނުމުގެ މަގްސަދުގައި ބާއްވާ ކޭމްޕެއް ކަމަށްވެސް އުރީދޫއިން ބުންޏެެވެ.

އެ ކޭމްޕްއާ ބެހޭގޮތުން އުރީދޫގެ ސީއީއޯ ނަޖީބް ހާން ވިދާޅުވީ އެ ކުލަގަދަ ދުވުމު ގެ ފޯރިގަދަ ހަރަކާތްތައް ކުރިއަށް ދާއިރު، ގެ ޗެރިޓީ ޕާޓްނަރުންގެ މަސައްކަތްތައް ހިއްސާކޮށް، އެބޭފުޅުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ކަލަރ ރަންގެ ޕްލެޓްފޯމް ބޭނުންކުރެވުމަކީ އުރީދޫއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ޗެރިޓީ ޕާޓްނަރއަށް ކަލަރރަން އިން ލިބޭ މާލީ ފައިދާއިން ބައެއް ހަދިޔާ ކުރެވިގެންދާނެ. ކުޑަ ޓީމަކާއެކު ވަރަށް މުހިއްމު މަސައްކަތްތަކެއް ކުރަމުންދާ މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީ، މިއަހަރުގެ ކަލަރ ރަންގެ އޮފިޝަލް ޗެރިޓީ ޕާޓްނަރ އަށް ވުމަކީ އަޅުގަނޑުމެން ނުހަނު ފަހުރުވެރިވާ ކަމެއް،" ނަޖީބް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި 800 އަށް ވުރެ ގިނަ ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓަރ ވެފައިވާއިރު، ފާއިތުވެދިޔަ އަހަރުތަކުގައި ތެލެސީމިޔާ ކުދިން ދަނީ އިތުރުވަމުންނެވެ. މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީއިން ދަނީ ތެލެސީމިއާ އާއިމެދު އާއްމުންގެ ހޭލުންތެރިކަން އިތުރުކޮށް، އެހީތެރިކަން ބޭނުންވާ އާއިލާތަކަށް ސަޕޯޓްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

comment ކޮމެންޓް