ބަޒްމީގެ "ސަޅޭ ސާތީ"އަށް ޖޯން!

ޖޯން އަބްރަހަމް...

"މުބާރަކަން" ފަދަ ފިލްމުތައް ޑައިރެކްޓްކޮށްފައިވާ މަޝްހޫރު ޑައިރެކްޓަރު އަނީސް ބަޒްމީގެ ކުރިޔަށް އޮތް ކޮމެޑީ ފިލްމު "ސާޅޭ ސާތީ" އަށް ޖޯން އަބްރަހަމް ސޮއި ކޮށްފިއެވެ.

ޖޯން މީގެ ކުރިން ވަނީ ބަޒްމީ އާއެކު މަސައްކަތް ކޮށްފައެވެ. އެގޮތުން 2015 ވަނަ އަހަރު ބަޒްމީ ޑައިރެކްޓްކުރި "ވެލްކަމް ބެކް" ގައި ޖޯން ވަނީ މޮޅު އެކްޓިން އެއް ދައްކާފައެވެ.

ކުމާރު މަންގަތު ޕްރޮޑިއުސް ކުރާ "ސަޅޭ ސާތީ" ސްކްރިޕްޓް ޖޯން ކިޔާލި ފުރަތަމަ ފަހަރުން ވެސް ފިލްމުގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން އުފެދުނު ކަމަށް ބަޒްމީ ވަނީ ބުނެފައެވެ. އަދި ވަގުތުން އެ ފިލްމަށް ޖޯން އެއްބަސްވި ކަމަށް ވެސް ބަޒްމީ ފާހަގަކުރިއެވެ.

"ސަޅޭ ސާތީ" އަކީ ފިރިހެނެއްގެ ހަޔާތުގައި ދިމާވާ އެކި ކަހަލަ ކަންތައްތަކެއްގެ މައްޗަށް ހަދާ ފިލްމެއް ކަމަށް ބަޒްމީ ބުނާއިރު ކޮމެޑީ ފިލްމުތަކަށް ލޯބި ކުރާ ފަރާތްތަކުން އެ ފިލްމަށް އިންތިޒާރު ކުރާނެކަން ކަށަވަރެވެ.

އެ ފިލްމުގައި ޖޯން އާއެކު އިލިއާނާ ޑި ކްރޫޒާއި އަރްޝަދު ވަރުސީ ވެސް ފެނިގެންދާނެއެވެ.

ޖޯންގެ ކުރިޔަށް ހުރި ފިލްމުތަކުގެ ތެރޭގައި "ބަތުލާ ހައުސް" އަދި "ރޯމިއޯ އަކްބަރު ވޯލްޓާ" ފަދަ ފިލްމުތައް ހިމެނެއެވެ.

comment ކޮމެންޓް