އެމްއެންޔޫއެސްޔޫގެ އިންތިހާބު، ޓީމް ލެވެލް އަޕް ކާމިޔާބުކޮށްފި

އެމްއެންޔޫއެސްޔޫގެ އިންތިހާބުގައި ވޯޓުލުން ކުރިއަށް ދަނީ -- ފޮޓޯ: އެމްއެންޔޫއެސްޔޫ

ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޖަމިއްޔާ އެމްއެންޔޫއެސްޔޫގެ ހިންގާ ކޮމެޓީގެ ހަތް ވަނަ ދައުރުގެ މެމްބަރުން ހޮވުމަށް ބޭއްވި އިންތިހާބު، ޓީމް ލެވެލް އަޕް ކާމިޔާބުކޮށްފިއެވެ.

އެ އިންތިހާބުގައި ހަތަރު މަގާމަކަށް އަށް ދަރިވަރަކު ވަނީ ވާދަކޮށްފައެވެ. އިންތިހާބްގައި ވާދަކޮށްފައިވަނީ ދެ ޓީމަކުންނެވެ. އެއީ ޓީމް އެސްއެން އަދި ޓީމް ލެވެލް އަޕްއެވެ.

އެ އިންތިހާބަކީ، އެމް.އެން.ޔޫ.އެސް.ޔޫގެ ހަތަރު މަގާމެއް އިންތިހާބުކުރުމަށް ބޭއްވުނު އިންތިޚާބެކެވެ. އެއީ ނައިބު ރައީސް (ގޮފިތައް)، ނައިބު ރައީސް (އިލްމީ)، ސެކްރެޓަރީ އަދި އެސިސްޓެންޓް ސެކްރެޓަރީގެ މަގާމުތަކެވެ.

އެމްއެންޔޫއެސްގެ އިންތިހާބުގައި ވޯޓުލުން ކުރިއަށް ދަނީ -- ފޮޓޯ: އެމްއެންޔޫއެސްޔޫ

މަޤާމުތަކަށް ހޮވުނު ދަރިވަރުން

  • ނައިބު ރައީސް (ގޮފިތައް): އަލީ ޝަމްއޫން
  • ނައިބު ރައީސް (އިލްމީ): އާދަމް ރުޝްދީ
  • ސެކްރެޓަރީ: އަނާ އަހްމަދު
  • އެސިސްޓެންޓް ސެކްރެޓަރީ: އާމިނަތު ރައުދާ

މިއަދު އެމްއެންޔޫއެސްޔޫގެ އެކި ކެމްޕަސްތަކުގައި ބޭއްވި އިންތިހާބުގައި 1،057 ދަރިވަރުން ވޯޓުލާފައިވާ ކަމަށްވެސް އެމްއެންޔޫއެސްޔޫއިން ބުންޏެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާއާ މާބޮޑު ފަރަގެއް ރަސްމީ ނަތީޖާއިން ދައްކާނެކަމަށް ނުބެލެވޭކަމަށާއި، ރަސްމީ ނަތީޖާ މިއަދުގެ ވަގުތެއްގައި އިއުލާނުކުރުމަށް މަސައްކަތް ކުރަމުންގެންދާ ކަަމަށްވެސް އެމްއެންޔޫއެސްޔޫއިން ބުންޏެވެ. އަދި ބުނީ އަދި މަގާމުތަކަށް ހޮވުނު ދަރިވަރުން އަންނަ ހޯމަ ދުވަހު ހުވާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

comment ކޮމެންޓް