އެމްއެންޔޫއެސްޔޫގެ ހިންގާ ކޮމެޓީ ހޮވަން ވޯޓުލާން ފަށައިފި

ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުމުގެ ކުރީގެ ރައީސް އަލީ ރަޝީދުގެ ފަރާތުން މިދިޔަ އަހަރު އިންތިހާބުވި ހިންގާ ކޮމެޓީއަށް ދަރިވަރުންގެ ގުޅުމުގެ ލޯގޯ ހިމެނޭ ރަމްޒީ ދަންމަރު އަރުވަނީ: --- ސަން ފޮޓޯ/ އަފްރާހް

ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޖަމިއްޔާ އެމްއެންޔޫއެސްޔޫގެ ހިންގާ ކޮމެޓީގެ ހަތް ވަނަ ދައުރުގެ މެމްބަރުން ހޮވުމަށް ބާއްވާ އާންމު އިންތިހާބުގެ ވޯޓުލާން ފަށައިފި އެވެ.

އެމްއެންޔޫއެސްޔޫ އިން ބުނީ އިންތިހާބުގެ ވޯޓުލުން މިރޭ 08:00 ޖަހަންދެން ކުރިއަށްދާނެ ކަމަށެވެ.

އެ އިންތިޚާބު ބާއްވަނީ ހިންގާ ކޮމިޓީގެ ޖުމްލަ އަށް މަގާމެއް ހޮވުމަށެވެ. އެއީ ނައިބު ރައީސް (ގޮފިތައް)، ނައިބު ރައީސް (ޢިލްމީ)، ސެކްރެޓަރީ އަދި އެސިސްޓެންޓް ސެކްރެޓަރީގެ މަގާމުގެ އިތުރުން ރައީސް، ނައިބު ރައީސް (އަމަލީ)، ޚަޒާންދާރު އަދި މީޑިއާ ކޯޑިނޭޓަރުގެ މަގާމަށް ދަރިވަރުން ހޮވުމަށެވެ.

ހިންގާ ކޮމެޓީގެ މަގާމުތަކުގެ ތެރެއިން ރައީސް، ނައިބު ރައީސް (އަމަލީ)، ޚަޒާންދާރު އަދި މީޑިއާ ކޯޑިނޭޓަރުގެ މަގާމަށް، އެންމެ ފަރާތަކުން ކުރިމަތި ލާފައިވުމާ އެކު އެ މަގާމުތަކަށް ބޭފުޅުން އޮޓަމެޓިކްކޮށް ހޮވިފައިވާ ކަމަށް ވެެސް އެމްއެންޔޫއެސްޔޫއިން ބުންޏެވެ.

އެމްއެންޔޫއެސްޔޫ އިން ބުނީ އިންތިހާބުގެ ނަތީޖާ މިރޭ އިއުލާން ކުރާނެ ކަމަށާއި އަދި މަގާމުތަކަށް ހުވޭ ދަރިވަރުން އަންނަ ހޯމަ ދުވަހު ހުވާ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޖަމިއްޔާއިން ދަނީ ތަފާތު ގިނަ ހަރަކާތްތަކެއް ހިންގަމުންނެެވެ. އެގޮތުން ގުރުއާން މުބާރާތްތަކާއި ދަރުހާއި އަދި ފުޓްބޯޅަ މުބާރާތްތައް ފާހަގަކޮށްލެވެ އެވެ.

comment ކޮމެންޓް